ރިޕޯޓް
ބައި އިލެކްޝަން: ޚަރަދު ބޮޑު، ބޮލުގެ ވެސް ރިހުމެއް
ކޮންމެ ރަށެއްގައި ވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނެ އަންހެނުންގެ ކޮމިޓީއެއް އޮވެއެވެ. އެ ކޮމިޓީއަށް މެމްބަރުން އިންތިޚާބު ކުރުމަކީ މާލޭގައި ހުންނަ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެކެވެ.
އިލެކްޝަންސް ކޮމިޝަނުން މި ފަހަކަށް އައިސް އެންމެ ގިނައިން ކުރާ މަސައްކަތަކީ އެ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރުމެވެ. އަބަދުވެސް އޮންނަނީ ކޮންމެ ވެސް ރަށެއްގައި ބައި އިލެކްޝަނެއް ބާއްވަން ޖެހިފައެވެ. ކައިރި ކައިރީގައި އިންތިޚާބު ބާއްވަން ޖެހުމުން އެކަމުގެ ބުރަ ބޮޑުވަނީ އިލެކްޝަން ކޮމިޝަނަށެވެ. އެ ކޮމިޝަނުގެ ޚަރަދުތައް ދަނީ އިންތިހާއަށް ބޮޑުވެގެންނެވެ. މިހެންވެ އެ ކޮމިޝަނަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ ބާއްވާ އިންތިޚާބުތަކުން އެދެވޭ ނަތީޖާއެއް ނުނުކުންނާތީއެވެ. ޚަރަދާ އަޅާބަލާއިރު، ރައްޔިތުންގެ ޝައުޤުވެރިކަމެއް އެކަމަށް ނެތުމެވެ.
އެންމެ ފަހުން އިންތިޚާބު ބޭއްވި، އައްޑު ސިޓީގެ ހިތަދޫން ވެސް ފެނުނީ އެ މަންޒަރެވެ.
އައްޑޫސިޓީގެ ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އިއްޔެ ބޭއްވިއިރު، ވޯޓްލާން ނުކުތީ އެންމެ އަށް އިންސައްތަ މީހުންނެވެ. 12،000 މީހުންގެ ތެރެއިން އެންމެ އެއްހާސް މީހުންނެވެ. އެ އިންތިޚާބު ބާއްވަން އަށްލައްކަ އެއްހާ ރުފިޔާ އިލެކްޝަނުން ޚަރަދުކޮށްފައިވެއެވެ.
ނަމްބަރުތަކުން ދައްކާ މަންޒަރު
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އިސްތިއުފާ ދޭ މެމްބަރުންގެ ބަދަލުގައި އާ މެމްބަރުން އިންތިޚާބު ކުރަން ބާއްވާ ބައި އިކެޝަންތަކަށް ބަލާއިރު، ފެންނަނީ ހައިރާންވާންޖެހޭ ވަރުގެ ނަމްބަރުތަކެވެ. ކުރާ ޚަރަދާ އަޅާބަލާއިރު ނަތީޖާއެއް ނެތް ހުސް މަސައްކަތްތަކެވެ. އިންތިޚާބުގައި ފޯރިއެއް ނެތް ތަނުގައި ހިސާބުތަކުން ފެންނަނީ ޚަރަދު ބޮޑު އަދަދުތަކެވެ. ދައުލަތުގެ ބަޖެޓުން ދާ އިސްރާފުތަކެވެ.
  • 05 ފެބުރުއަރީ 22 ވަނަ ދުވަހު ބޭއްވި ތ. ވިލުފުއްޓާއި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން 212،398 ރުފިޔާ ޚަރަދުވެފައިވެއެވެ. މިއީ ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހެއްގެ ބޮލަކަށް ބަލާނަމަ 77 ރުފިޔާއެވެ.
  • ތ. ވިލުފުށީފައި ބޭއްވި އިންތިޚާބަށް ބަލާއިރު، 1499 މީހަކަށް ވޯޓް ދިނުމުގެ ޙައްޤު ލިބިފައި ވި ނަމަވެސް އެ ޙައްޤުގެ ބޭނުން ހިފީ އެންމެ 123 މީހުންނެވެ. އެއީ 8.21 އިންސައްތައެވެ. 91.79އިންސައްތަ، 1،376 މީހުން ވޯޓްލާފައި ނުވެއެވެ.
  • ގެމަނަފުށީގައި އެ ދުވަހު ބޭއްވި އިންތިޚާބުގައި، 1،271 މީހަކަށް ވޯޓް ދިނުމުގެ ޙައްގު އޮތް ނަމަވެސް އޭގެ ބޭނުން ހިފީ، 537 މީހުންނެވެ. އެއީ އެންމެ 42.25 އިންސައްތައެވެ. 57.75 އިންސައްތަ މީހުން ވޯޓްގައި ބައިވެރިނުވެއެވެ.
  • މާރޗް މަހުގެ 26 ވަނަދުވަހު، ބޭއްވި ފ. ނިލަންދޫއާއި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައިއިލެކްޝަނަށް 211،304 ރުފިޔާ ޚަރަދުވެފައިވެއެވެ. އެއީ ވޯޓް ދޭން ތިބި ކޮންމެ މީހެއްގެ ބޮލަކަށް 84.40 ރުފިޔާއެވެ. މި ދެ ރަށުގެ އިންތިޚާބުގައި ބައިވެރިވި މީހުންގެ އަދަދު އޭގެ ކުރިންން ބޭއްވި އިންތިޚާބާ އަޅާބަލާއިރު އިތުރެވެ. ނިލަންދޫގައި ވޯޓްލީ 64 އިންސައްތަ މީހުންނެވެ. ދ. މީދުގައި ވޯޓްލާން ނުކުތީ 77 އިންސައްތަ މީހުންނެވެ.
  • އެޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވި ހދ. ނޭކުރެންދޫގައި ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައިއިލެކްޝަނަށް 139،059 ރުފިޔާ ޚަރަދުވިއިރު، 136.3 ރުފިޔާ، ވޯޓް ލާން ތިބި ކޮންމެ ރައްޔިތަކަށް ޚަރަދުވެފައިވެއެވެ. ވޯޓް ދިނުމުގެ ޙައްޤު 1،020 މީހުންނަށް އޮތް އިރު، ވޯޓް ދިނީ، އެންމެ 357 މީހުންނެވެ. އެއީ 35 އިންސައްތައެވެ.
ހުސްވި އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހު ފަސް ރަށެއްގައި ބައި އިލެކްޝަން ބޭއްވިއެވެ. އެއީ ހދ. ނޮޅިވަރަމާއި ނ.ކެނދިކުޅުދޫއާއި ނ. މަގޫދޫއާއި ކ. ދިއްފުއްޓާއި އއ. ފެރިދޫއެވެ.
މި ފަސް ރަށުގައި ބޭއްވި އިންތިޚާބަށް 1.2 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. މިހާ ބޮޑު ޚަރަދެއް މި ފަސް ރަށުގެ އިންތިޚާބަށް ކުރިއިރު، ވޯޓްލާން ނުކުތް މީހުންގެ އަދަދު ހުރީ ބޮޑުތަނުން ދަށުގައެވެ.
  • ނޮޅިވަރަމުގައި ވޯޓް ދިނީ، 1801 މީހުންގެ ތެތެއިން 345 މީހުންނެވެ. އެއީ އެންމެ 19 އިންސައްތައެވެ.
  • ނ. ކެނދިކުޅުދޫގައި ބޭއްވި އިލެކްޝަންގައި ވޯޓްލާން ނުކުތީ 1363 މީހުންގެ ތެރެއިން 122 މީހުންނެވެ. އެއީ އެންމެ ނުވަ އިންސައްތައެވެ.
  • ނ. މަގޫދޫގައި ވޯޓް ލި މީހުންގެ ނިސްބަތް އުޅެނީ 35 އިންސައްތައިގައެވެ. އެއީ 276 މީހުންގެ ތެރެއިން 179 މީހުން ވޯޓް ދީގެންނެވެ.
  • ކ. ދިއްފުށީގައި ވޯޓްލާން ނުކުތީ ވިހި އިންސައްތަ މީހުންނެވެ. އެއީ 922 މީހުންގެ ތެރެއިން 180 މީހުންނެވެ.
  • އއ. ފެރިދޫގައި ވޯޓްލާން ނުކުތީ 575 މީހުންގެ ތެރެއިން 337 މީހުންނެވެ. އެރަށުގައި ވޯޓްލާން ނުދާ ނިސްބަތަކީ 41 އިންސައްތައެވެ.
30 އޮކްޓޯބަރު 20221 ގައި ބޭއްވި، ގއ. ވިލިނގިއްޔާއި ޅ. ކުރެންދޫގެ އަންހެނެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންއަށް ބަލާއިރުވެސް ވޯޓް ލާން ނުކުތް މީހުންގެ އަދަދު ބޮޑުތަނުން ދަށެވެ. ވޯޓްލާން ވިލިނގިލިން ނުކުތީ އެންމެ 28 އިންސައްތަ މީހުންނެވެ. ކުރެންދޫއިން ނުކުތީ 45 އިންސައްތަ މީހުންނެވެ. ވިލިނގިލީގައި 2640 މީހުންގެ ތެރެއިން ކަރުދާސްކޮޅުގެ ބޭނުން ކުރީ 749 މީހުންނެވެ. ކުރެންދޫގައި 1533 މީހުންގެ ތެރެއިން 692 ވޯޓްގައި ބައިވެރިވިއެވެ. މި ދެރަށުގެ އިންތިޚާބަށް ބަލާއިރު، ވޯޓްލެވޭ މީހުންގެ އާބާދީގެ ކޮންމެ ބޮލަކަށް 74 ރުފިޔާ އިންތިޚާބު ބާއްވަން ޚަރަދުވެފައިވެއެވެ.
ޑަބްލިޔުޑީސީގެ ބައި އިލެކްޝަންގެ ޒިންމާ އަތޮޅު ކައުންސިލަށް
އިލެކްޝަން ކޮމިޝަނުން ބޭނުންވަނީ ޑަބްލިއުޑީސީގެ އިންތިޚާބު ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅު ކައުންސިލް ނޫނީ ރަށު ކައުންސިލަށް ދޫކޮށްލާށެވެ. އޭރުން އެ ކޮމިޝަނަށް އޮތް ބުރަ ބޮޑު މަސްއޫލިއްޔަތުން އަތް ދޫކޮށް އެހެން މަސައްކަތްތަކަށް ވަގުތު ދެވޭނެއެވެ.
މި ކަންތައްތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން ކުރިއަށް ގެންދާ ގޮތަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް އެ އޮތޯރިޓީން ހުށަހަޅާފައި ވަނީ ބައި އިކެލެކްޝަން އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ ނަމަވެސް ޑަބްލިޔުޑީސީގެ މައި އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާނެވެ.
އެލްޖީއޭއާއި އިލެކްޝަންސް ކޮމިޝަނަށް ވެސް މިހާރު އޮތް ބޮޑު ބުރައަށް ހައްލެއް އަންނާނީ މަޖިލީހުން ގޮތެއް ނިންމި ދުވަހަކުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!