ޚަބަރު
ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް ނާސްތާ ލިބޭނެ

ދިރާސީ އާއަހަރުގައި ނާސްތާ ދޭނީ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުން ބޮޑު ހަރަދެއް ކުރާ ނާސްތާ ޕްރޮގްރާމްގެ ތެރެއިން އާ ދިރާސީ އަހަރުގައި ނާސްތާ ދޭނީ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިހާރު ނިންމާފަ އެވެ.

ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ކޮވިޑާއި ގުޅިގެން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ނިމެންދެން މި އަހަރުގެ ނިމެންދެން އެ ޕްރޮގްރާމް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑްގެ ދަތި ހާލުގައި ވެސް ނާސްތާ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް ނާސްތާ ދެމުން ގެންދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ނާސްތާ ޕްރޮގްރާމް ނިންމާލީ ނޫން ކަމަށާއި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ހުރިހާ ދަރިވަރުންގެ ނާސްތާ ޕްރޮގްރާމު ފެށުނީ 2019 ވަނަ އަހަރުގައެވެ އެހެން ނަމަވެސް ކޮވިޑް 19 ފެތުރެން ފެށުމާއި ގުޅިގެން 2020 ވަނަ އަަހަރު ވަނީ މި ޕްރޮގްރާމް ވަނީމެދުކަނޑާލެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!