ޚަބަރު
ޝީޝާ އެކައުންޓުން 18 މިލިޔަން ރުފިޔާ ނެގި މައްސަލަ ސާބިތުވެއްޖެ

ޝީޝާ އެކައުންޓުން އޮޅުވާލައިގެން 18 މިލިޔަން ރުފިޔާ ނެގި މައްސަލައިގައި ކުށްވެރިވާ ފަރާތް ސާބިތުވެއްޖެއެވެ.

މި މައްސަލާގައި ކުރިން ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ މަކަރާއި ހީލަތުގެ ދައުވާއެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރުމުން ހައިކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ.

ޝީޝާ އަކީ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓެކެވެ. 2011 ވަނަ އަހަރު ޝީޝާގެ އެއެކައުންޓުން ރުފިޔާ ނަގާފައިވަނީ ދެން ތިބި ދެ ހިއްސާދާރުންގެ ސޮއި ފޯޖުކޮށްގެންނެވެ. މިއީ މިގޮތަށް ސޮއި ފޯޖުކޮށްގެން ރާއްޖޭގައި  ކުރެވުނު އެންމެ ބޮޑު ވައްކަމެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝީޝާގެ އެކައުންޓުން ނެގި ފައިސާ ޖަމާކޮށްފައިވަނީ ޝާހިދުގެ އިތުރުން އިތުރު މީހެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އޮތް ޖޮއިންޓް އެކައުންޓަކަށްކަމަށާއި، އެ އެކައުންޓަށް ފައިސާ ޖަމާވުމުން ތިން ފަހަރެއްގެ މަތިން އެތައް މިލިއަން ރުފިޔާއެއް އެ އެކައުންޓުން ނެގޭ ގޮތަށް ޗެކް ދޫކޮށް، އެ ފައިސާ ނަގާފައިވާކަމަށެވެ. އަދި މިމައްސަލައިގައި ހިމެނޭ ދެވަނަ މީހާ ބުނާ ގޮތުން  އެކައުންޓް ބޭނުން ނުކުރާތާ އެތައް ދުވަހެއް ފަހުން، އެ އެކައުންޓް ބޭނުން ކުރުމުގެ ހުއްދަ ޝާހިދު ހޯދާފައިވާ ކަމަށާއި އެ އެކައުންޓުން ފައިސާ ނެގޭ ގޮތަށް ޗެކްތަކެއް ލިޔެގެން ޝާހިދު އެ މީހާ ގާތަށް ދިއުމުން އޭގައި ސޮއިކުރީކަމަށް އޭނާ ބުނެފައިވެއެވެ.

މިގޮތަށް ނަގާފައިވާ ފައިސާ ޗެކްތަކެއް ދޫކޮށްގެން ޝާހިދު ޖަމާކުރީ ޑޮލަރު ގަތުމުގެ ނަމުގައި އެހެން މީހެއްގެ އެކައުންޓަށެވެ. އަދި އެ އެކައުންޓުން ނަގުދުކޮށް އެހެން މީހަކު ފައިސާ ނެގުމުން އޭނާއާ އެކު ޝާހިދު ފުރައިގެން ރާއްޖެއިން ބޭރަށް ދިޔައީ ޝާހިދުގެ ހުރިހާ ލޯނުތައް އަދާކޮށްފައި ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ޝާހިދު ސްރީލަންކާގައި ހުއްޓާ 2012 ވަނަ އަހަރު އޭނާ ހައްޔަރުކޮށްފައިވަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންނެވެ.

މިމައްސަލައިގައި ޝާހިދު އެއްބަސްވެފައި ނުވި ނަމަވެސް އެކަންތައް ކުރީ އޭނާ ނޫން ކަމުގެ ހެކި ޝާހިދަކަށް ނުދެއްކުނެވެ. އަދި ދައުލަތުން އޭނާއާއި ދެކޮޅަށް ޤަރީނާއާއި ހެކި ހުށައެޅިނަމަވެސް ދައުވާގެ މަރުހަލާގައި އޭނާ ހަނު ހުރުމުން، ދައުލަތުގެ ހެއްކާ ގަރީނާއަކީ އިތުރު ބާރު ލިބޭ ހަރުދަނާ ގަރިނާއެއްކަމަށްވެސް ފަނޑިޔާރު މުޙައްމަދު ނިޔާޒް ކުރި ހުކުމުގައިވެއެވެ.

އެކައުންޓުން ފައިސާ ދޫކުރި މައްސަލާގައި ޝީޝާގެ ތިންބެއިން ވަނީ އެސްބީއައިއާއި ދެކޮޅަށްވެސް ދައުވާކޮށްފައެވެ. ގެއްލުނު ފައިސާގެ ތެރެއިން ނުލިބި އޮތް 13 މިލިއަން ރުފިޔާ އެސްބީއައިގެ ފަރާތުން އެ ތިން ބެއިންނަށް ދޭންޖެހޭނެ ކަމަށް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!