ރިޕޯޓް
ފިޔޯރީގެ ޤުދުރަތީ ޗާލު ކަމުގެ ތެރެއަށް ޓުވަރިޒަމްގެ ފޮނި މީރުކަން
އަންނަ ބުރާސްފަތި ދުވަހަކީ ހުވަދު އަތޮޅުގެ އެންމެ ހިތްގައިމު އެއް ރަށް ކަމުގައިވާ ގދ ފިޔޯރީ އަށް ވަރަށް ތާރީޚީ ދުވަހެކެވެ.
މި ހިނގާ އޮގަސްޓް 18 ވަނަ ދުވަހު މުޅި ރަށް އެ ތައްޔާރު ވަނީ އެރަށުގެ އުތުރު ފަރާތު “ހުއްޓޭކޮޑާ” ގައި މެންދުރު ފެށުމަށް ހަމަޖެހިފައިވާ ޓުވަރިޒަމް އަށް ބިން ހަވާލު ކުރުމުގެ ރަސްމިއްޔާތަށެވެ.
ބިންހަވާލު ކުރެވޭތާ 1 އަހަރުން ތަން އޮޕަރޭޝަނަށް ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ސޮއި ކުރުމަށް ފަހު ، ބިން ހަވާލު ކުރުން ތަންކޮޅެއް ފަސް ކުރެވިފައިވަނީ ޔުޓިލިޓީ ޚިދުމަތް އަދި ފެނާ ނަރުދަމާ އެކު ބިން ހަވާލު ކުރަން ކަމަށް ރައީސް ފައިޒަރު ވަނީ ވިދާޅުވެފައެވެ.
އާބާދީ ގައި 1570 މީހުން ދިރިއުޅޭ ފިޔޯރީ އަކީ ޤުދުރަތީ ގޮތުން ވަރަށް ހިތްގައިމު ރަށެކެވެ. ބޮޑު މިނުގައި 93 ހެކްޓަރ ހުންނަ މި ރަށުގައި ވަށައިގެންވާ ޗާލު ދޮންވެލިގަނޑާ ރީތި މޫދާ ކައިރީގައިވާ ރަށް ތަކުގެ ރީތި މަންޒަރުކީ ބަލާ ފޫހި ނުވާ އަދި ދެވަނައެއް ނެތް ފަދަ ތަންތަނެވެ.
ފޮޓޯ ތަކާ ވީޑިއޯ ތަކުން އެ މަންޒަރު ބޭނުން ކޮންމެ މީހަކު އަޖައިބުވެ އަންތަރީސް ވާހާ ވެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ރާއްޖެއިން ބޭރުގެ ލޯ ތަކަށް އެ މަންޒަރު ފެނުމުން ވީ ޝައުގުވެރިކަމުގެ ނަތީޖާއެވެ. ރަށުގެ ރައްޔިތުން ބުރަ މަސައްކަތްތަކެއް ކޮށް ޗާލުކޮށް ގެންގުޅުނު ރީތި ރަށުގެ ތުނޑި މަތި އެ ތައްޔާރު ވަނީ ރަން ބިސް އަޅާ ކުކުޅު ބިސް އަޅާނެ މަންޒިލަކަށް ހެދުމަށެވެ.

ފިޔޯރީގައި ލޯކަލް ޓޫރިޒަމް ހިންގަން ބޭނުންވާ ކުންފުނިތަކުގެ ވެރިންނާއި ކައުންސިލް މެންބަރުން – ފޮޓޯ: ފިޔޯރީ ރައީސް

ލާމަރުކަޒީ ފުރަތަމަ ރައީސްގެ ގޮތުގައި އެރަށަށް ފުރަތަމަ އިންތިޚާބުވެ ވަޑައިގެންނެވި ރައީސް ފައިޒަރު ރަޝީދުގެ ވިސްނުންފުޅާއެކު އިސްނެންގެވި މަސައްކަތުގައި ޙަޤީޤީ ކުލަ ޖެހެން މިވަނީ ކުޑަތަންވެފައެވެ.
18 ވަނަ ދުވަހު އޮންނަ ރަސްމިއްޔާތާ ގުޅޭ ގޮތުން ހުވަދޫ ނިއުސްއާއި ހިއްސާ ކުރައްވަމުން ރައީސް ފައިޒަރު ވިދާޅުވީ ބުރާސްފަތި ދުވަހު ބާއްވާ ރަސްމިއްޔާތަކީ ފޮރިން އިންވެސްޓަރުން ގެ ޝައުޤުވެރިކަން ލިބި ރަށަށް ޓުވަރިޒަމް ތައާރަފު ކުރުމަށް ބާއްވާ ރަސްމިއްޔާތެއް ކަމަށާއި އެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިން ތަކުގެ ތެރެއިން ފުރަތަމަ 2 ބިން 2 ކުންފުންޏަކާ ޙަވާލު ކުރުމުގެ އެއްބަސް ވުމުގައި ސޮއި ކުރުން ހަމަޖެހިފައިވާ ކަމަށެވެ.
“އެދުވަހަކީ ރަށަށް އަންނަ އީދެއް ފަދަ ދުވަހެއް އެހެން ކަމުން މުޅި ރަށުގެ ހުރިހާ އެންމެން ބައިވެރިވާނެ. ތަފާތު ހަރަކާތްތައް އޮންނާނެ” ރައީސް ފައިޒަރު ވިދާޅުވިއެވެ.
18 ވަނަ ދުވަހު އޮންނަ ދުވަހު ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ބިން އެވޯޑް ކުރި 2 ކުންފުނި ކަމުގައިވާ ސްޕެކްޓްރާ ޕްރައިވެޓް ލިމިޓެޑް އަދި މާގޯސަރ ގްރޫޕެވެ.
މި 2 ކުންފުނިން ސޮއި ކުރާތާ 1 އަހަރު ގެ ތެރޭގައި ފިޔޯރީ ހުއްޓޭކޮޑާގައި 50 ބީޗް ވިލާ ތައްޔާރު ކުރާނެ އެވެ. ފިޔޯރީ އުތުރު ފަރާތު ބީޗް ނުވަތަ ހުއްޓޭކޮޑާ އަކީ އެ ރަށު ރައްޔިތުން ޕިކްނިކް ދިއުމާއި ފިނި މައިޒާނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނެކެވެ. ރަށުގެ ޒުވާނުން ވަނީ އެތަން ވަރަށް ބޮޑަށް ރީތިކޮށް ބަލަހައްޓާފައެވެ.
އެހެންކަމުން މި ބާދަލާ ގުޅިގެން ރައީސް އާއި “ހުވަދު” އިން ސުވާލު ކުރުމުން ކުރުމުން ވިދާޅުވީ އެކަމުގެ ކަންބޮޑުވުންތަ ކޮންމެވެސް ވަރަކަށް އެބަ އުޅޭ ކަމަށާއި ، ނަމަވެސް ރަށުގަ މިވަރުގެ އިޤުތިސާދީ މަސައްކަތެއް ފެށިގެން ދިއުމަކީ ފިޔޯރީ ކުދި ބޮޑު އެންމެންހެން އެކަމަކަށް ނުހަނު ބޭނުންވެފައިވާ ކަމެއްކަމުން، މިކަމަށް ހައްލެއް ގެނައުމަށް ކައުންސިލުން ރައްޔިތުން މޫދަށް އެރިލާ ފަތާނެ ޓްރެކެއް ރަށުގެ ރަގަޅު ހިސާބަކުން ގާއިމް ކުރާނެ ކަމުގެ ޔަގީންކަން ދޭން ކަމަށެވެ. އަދި އެކަމުގަ މި ކުންފުނިތަކުގެ އެހީތެރިކަން ރައްޔިތުންނަ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ 1 އަހަރު ފަހުން ފިޔޯރީގައި ޓުވަރިޒަމް ގެ ޚިދުމަތް އެންމެ ޒަމާނީ ފެންވަރުގައި ފެށިގެން ދިއުމާއި އެކު ރަށުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ވަރަށް ބޮޑެތި ބަދަލު އަންނާނެ ކަން ޔަޤީނެވެ.
ރަށަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށަކަށް ވުމާއި ފަންނުވެރި ހުނަރު ވެރިން ތިބި ރަށަކަށް ވުމުން ރަށަށް ލިބޭ އާމްދަނީ އެތައް ގުނަ އަކަށް އިތުރު ވެގެން ދާނެއެވެ. ފިޔޯރީ ގައި ފެށުމަށް ތައްޔާރު މިވާ ޓުވަރިޒަމް ގެ ޕްރޮޖެކްޓަކީ މިހާތަނަށް އެ ރަށުގައި ފަށާ އެންމެ ބޮޑު އެއް މަޝްރޫޢު އެވެ. އަދި މިއީ ފިޔޯރީ ކައުންސިލްގެ ވަރަށް ކާމިޔާބު އަދި ރަށަށް ތާރީޚީ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!