ޚަބަރު
ޒުވާން ފިކުރަކާ އެކު 2023 ގެ ސިޔާސީ ރޭހަށް ޝުޖާއު ވާދަ ކުރައްވަނީ

2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވެ، ރާއްޖެއަށް ޒުވާން ފިކުރެއް ގެނައުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސްކަން ކުރެއްވި ޝުޖާޢު ޙުސެއިން ނިންމަވައިފިއެވެ.

މީޑިިޔާއަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވާން ނިންމީ ރާއްޖެއަށް މިވަގުތު ދިމާވެފައިމިވާ އިޖްތިމާއީ އިގްތިސޯދީ މައްސަލަތައް ހައްލުކޮށް ގައުމު ހިންގުމުގައި ޒުވާން ފިކުރެއް ގެނައުމުގެ ވިސްނުމުގައި ކަމަށާއި ރާއްޖެއަކީ ވަރަށް މުއްސަނދި ޤައުމަކަށްވެފައި، ޤައުމު މުޅިން އެހެން މިސްރާބަކަށް ގެންދަން އެބަ ޖެހޭ ކަމަށެވެ.

ބަލާލި ކޮންމެ ދިމާލަކުން ރާއްޖެއިން ފެނިގެންދަނީ ކުދި ކަލްޓްތަކެއް ކަން ފާހަނގަކުރައްވަމުން ޝުޖާއު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީ ތަކަކީ ކަލްޓެއް ކަމަށެވެ.

“އެމްޑީޕީއަކީވެސް ކަލްޓެއް، ޕީޕީއެމް އަކީ ކަލްޓެއް، ޑީއާރުޕީއަކީވެސް ކަލްޓެއް، ޖޭޕީއަކީވެސް ކަލްޓެއް، ގާސިމް އިބްރާހިމް ނެތް ދުވަހެއްގައި ގާސިމް އިބްރާހިމްގެ ހަނދާނަށް ކަންނޭނގެ ރިޔާސީ ޓިކެޓް ދޭން ނިންމާނީ” ދުވަސް މީޑީޔާއަށް މައުލޫމާތު ދެއްވަމުން ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ވެރިކަމަށް އައުމަށް އަބަދުވެސް އެއްބަޔަކީ ހަމަ އެކަނި ޗޮއިސްކަމަށާއި ޒުވާނުން ބާރުވެރިކުރުވާ ވާހަކަ ލީޑަރުން ދެއްކެވުމަށްފަހު ރިޔާސީ ރޭހަށް ނިކުންނަންވީމާ ޒުވާނުން އެކަހެރިކޮށް ވެރިކަމަށް ފައި ނަގަނީ ހަމަ އެ ލީޑަރުން ކަމަށެވެ. އަދި މިހާރު ސިޔާސީ ރޭހުގައި ވާދަކުރައްވަން ނިންމާފައިވާ ބޭފުޅުންނަކީ “ޓެސްޓެޑް އެންޑް ފެއިލްޑް” ބޭފުޅުން ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު ފާހަނގަކުރެއްވި ގޮތުގައި ރިޔާސީ ބަހުސެއް ފަހުވަގުތު ބޭއްވުމުގެ ބަދަލުގައި މިހާރުއްސުރެ އެ ބަހުސް ކުރިޔަށް ގެންދަންވީއެވެ. އޭރުން ޤައުމަށް އެންމެ ރަނގަޅު ސިޔާސަތެއް ކަނޑައަޅަން ރައްޔިތުންނަށް ފަސޭޙަވެގެންދާނެ ކަމަށް ޝުޖާއު ދެކެއެވެ.

އޭނާ އިތުރަށް ވިދާޅުވީ 500 ރުފިޔާއަށް 2000 ރުފިޔާއަށް އެއްވެސް ދިވެއްސަކު މުސްތަގްބަލު ވިއްކާލަފާނެކަމަށް އެއްވެސް ސިޔާސީ ލީޑަރަކު ގަބޫލުފުޅު ކުރައްވައި އެފަދަ ވިސްނުމެއް ގެންގުޅުން އެއީ މޮޔަ ވިސްނުމެއް ކަމަށެވެ. ވޯޓު ގަނެ ވިއްކައިގެން ދިވެހިންގެ މުސްތަގްބަލު އަގު ނުކިޔާ ކަމުގެ ޔަގީންކަން ޝުޖާޢު އަށް އެބަ އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!