ޚަބަރު
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ އަދި ފަހު ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ފަށަން ހަމަޖެހިފައިވާކަން މަޖިލީހުގެ ހުރިހާ މެންބަރުންނަށް މިހާރު ވަނީ އަންގާފައެވެ.

ފުރަތަމަ ދައުރުކޭ އެއްގޮތަށް މަޖިލީހުގެ ދެވަނަ ދައުރުގައިވެސް ގިނަ މަސައްކަތްތަކެއް މަޖިލީހުން ވަނީ ނިންމާފައެވެ. އެގޮތުން 45 އަހަރަށްފަހު ހެއްކާއިބެހޭ ބިލާއި، ކޯޓުތަކުގެ ޤާނޫނާއި އިސްލާހު ގެނައުމާއި، ލާމަރުކަޒީ ޤާނޫނަށްވެސް ވަނީ މުހިންމު އިސްލާހުތަކެއް ވަނީ ގެނެވިފައެވެ.

ފަހު ދައުރަކީ މަޖިލީހުގެ މަސައްކަތްތައް ގިނަވެފައި ބުރަ ދައުރެކެވެ. ސަބަބަކީ ފަހު ދައުރުގެ ޖަލްސާތަކުގައި މިއަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ގިނަ ބިލްތަކެއް ނިންމުމާއި، އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފާސްކުރުންވެސް އޮންނާނެތީއެވެ.

މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާއިރު، ދައުރު ނިންމައި މަޖިލިސް އަހަރުގެ ފަހު ޗުއްޓީއަށް ދާނީ ނޮވެންބަރު މަހުގެ ފަހުކޮޅުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!