ޚަބަރު
ހުއްޓިފައިއޮތް އައްޑޫ ފްލައިންގ ސްކޫލަށް އެވިޑުން ދިރުން ގެނެސްފި

އައްޑޫ ގައި ހިންގި ފްލައިންގ ސްކޫލާ އެވިޑުން ޙަވާލުވުމާއެކު އެސްކޫލް ހަލުއިކަމާއެކު ހިންގަން ފަށައި ސްކޫލަށް ދިރުން ގެނެސްދީފިއެވެ.

އެވިޑް ކޮލެޖުން މަޢުލޫމާތު ދީފައިވާގޮތުގައި ފްލައިން ސްކޫލްގައި މިހާރު ކިޔަވަމުންގެންދާ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓަރ ޓްރެއިނިންގ ތައް ވަނީ އަލުން ފަށާފައެވެ.
އަދި މީގެ ހަފްތާއެއްކުރިން، ގްރައުންޑް ކްލާސްތަކުގެ ތިއަރީބައި ފުރިހަމަކުރަންޖެހިފައިވާ ދަރިވަރުންނަށް ބޭނުންވާ ތިއަރީ ކްލާސްތައް ފެށިގެން ފުރިހަމައަށް ކުރިއަށް އެބަގެންދެވެއެވެ.
މިއާއެކު ސްކޫލް ދަރިވަރުންގެ ތެރެއިން އެގްޒަރމްތައް ހަދަންޖެހޭ ކުދިންއެކަމަށް ތައްޔާރުކުރުވުމަށްޓަކައި ރިފްރެޝްކޮށްލުމަށް ބޭނުންވާތީ އެދަރިވަރުންނަށް ރިފްރެޝިންގ ކްލާސްތައްވެސް ފަށައިގެން ކުރިއަށްދާ ކަމަށާއި އެއީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމެއްނެތި ހިންގަމުންގެންދާ ކްލާސްތަކެއްކަމަށްވެސް އެވިޑުން ބުނެފައިވެއެވެ. އަދި މިކްލާސްތައް ނިމުމުން އެގްޒާރމްތަކުގެ ޝެޑިއުލްތައްޔާރުކުރުމަށްފަހު ސިވިލް އޭވިއޭޝަނާއި ހިއްސާކޮށް އެބޭފުޅުންގެ އިރުޝާދާއެކު ވީ އެންމެ އަވަހަކަށް އެގްޒާރމްގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާކަމަށް އެވިޑް ކޮލެޖުން ވަނީ ބުނެފައެވެ .
އެވިޑް ސްކޫލް އޮފް އޭވިއޭޝަނުން އަލަށް ގެނައުމަށް ހަޖެހިފައިވާ ފްލައިޓްގެ ޕޭމެންޓްގެ ކަންތައް މިހާރުވަނީ މުޅިން ހަމަޖެހިފައެވެ. އަދި ދެންހުރި އެހެންކަންކަންވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގޮސް އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކުގެ ބޮޑުބައި މިހާރުވަނީ ނިމިފައެވެެ. އެވިޑުން ބުނީ މިފެށޭ މަހުގެ ކުރީކޮޅުގައި ފްލައިްޓްގެ ބައިތައް ޑިސްމެންޓްލްކޮށް ވަކި ވަކިން ކޮންޓެއިނަރއަށް ލޯޑްކުރުމަށްފަހު 45 ވަރަކަށްދުވަހުގެތެރޭގައި މާލެ ގެނެވޭވަރުވާނެކަމަށެވެ.
އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ކަންކަން ހިނގާގޮތް ބައްލަވާލެއްވުމަށްޓަކައި އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވަނީ އައްޑުގައި ހުންނަ ފްލައިން ސްކޫލަށް ޒިޔާރަތްކުރުމަށްޓަކައި އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!