ޚަބަރު
އަބޫބަކުރު ސްކޫލްގެ ބެލެނިވެރިންގެ ހަފުތާގައި ތަފާތު ޙަރަކާތްތަކެއް

އަބޫބަކުރު ސްކޫލްގައި މިހާރު ފާހަގަ ކުރަމުންދާ ބެލެނިވެރިންގެ ހަފުތާ 2022 ގައި މިފަހަރުވެސް ފެނިގެން ދަނީ މުޅިން ތަފާތު ޙަރަކާތްތަކެކެވެ.

ބެލެނިވެރިންގެ ހަފްތާގެ ހަރަކާތްތައް ފެށީ މިއަދު މެންދުރު 12:30ގައި ދަރިވަރުން ބަލާ ބެލެނިވެރިން ސްކޫލަށް ހާޒިރުވުމުން މުދައްރިސުން ދެންނެވި މަރުހަބާ އަކުންނެވެ. އެގޮތުން ކޮންމެ ބެލެނިވެރިއަކައް ވަނީ ދުވަހާ ގުޅޭ ބެޖެއް އަރުވާފައެވެ. އެއަށްފަހު ކޮންމެ ދަރިވަރަކު ވަނީ އެ ކުއްޖެއްގެ ބެލެނިވެރިޔާ އަށް “ވަރަށް ލޯބިވޭ” ބުނެ ބެލެނިވެރިޔާގެ ބޮލުގައި ތާޖެއް އަޅުވާފައެވެ.

އަބޫބަކުރު ސްކޫލްގެ ޓީޗަރުން ބެލލެނެވެރިންނަށް މަރުހަބާ ކިޔުން – ހުވަދޫ ފޮޓޯ: އަހުތަރު

މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ވެސް މިއަދު މެންދުރު އެ ސްކޫލްގައެވެ.

އަބޫބަކުރު ސްކޫލްގައި ބެލެނެވެރިންގެ ހަފްތާ ފާހަގަކުރުން – ހުވަދޫ ފޮތޯ: އަހުތަރު

އަބޫބަކުރު ސްކޫލްގައި ފާހަގަ ކުރަމުންދާ ބެލެނިވެރިންގެ ހަފުތާ ގައި މިއަދު ހަވީރު ވަނީ ކުޅިވަރުތައް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ސްކޫލްގެ ހުރިހާ ބެލެނިވެރިޔާ ބައިވެރިވި މި ހަރަކާތްތަކުގައި ތަފާތު ގިނަ ކުޅިވަރު ތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މާދަމާ ރޭ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މާސްޓަރ ޝެފް މުބާރާތަކީ ބެލެނިވެރިންގެ ހަފްތާ 2022 ގެ އެންމެ ފޯރި ގަދަ އަދި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާ ބައެވެ. މުބާރާތެއް ގޮތަށް ބާއްވަން ހަމަޖެހިފައިވާ މާސްޓަރ ޝެފް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީވެސް ސްކޫލްގައެވެ.

އެންމެ ފަހުން އެ ސްކޫލް ގައި ބޭއްވި މާސްޓަރ ޝެފް މުބާރާތް ވެސް ވެގެން ގޮސްފައި ވަނީ ވަރަށް ތަފާތު އަދި ފެންވަރު ރަނގަޅު މުބާރާތަކަށެވެ.

ބެލެނިވެރިންގެ ހަފްތާ އާއި ގުޅޭ ގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބް ވިދާޅުވީ މިފަދަ ކޮންމެ ކަމެއްގައި ވެސް އުފެދިގެން ދަނީ އެކުވެރި ކަމާއި އެއްބައިވަންތަކަން ކަމަށާއި މި ހަފުތާ ފާހަގަކުރާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަދި ބެލެނެވެރިން ހޭލުންތެރި ކުރުމަށް މައުލޫމާތު ސެޝަނެއް ކުރިޔަށް ގެންދާން ހަމަޖެހިފައިވާ ކަމަށް އަޖީބް ވިދާޅުވިއެވެ.

އަބޫބަކުރު ސްކޫލަކީ 2004 ވަނަ އަހަރު ޖޫން 14 ވަނަ ދުވަހު ތިނަދޫ ދެކުނު އަވަށުގައި ސަރުކާރުން ހުޅުވި ސްކޫލެކެވެ. އަދި މިއީ ގދ.ތިނަދޫ ގައި ހުޅުވި ފުރަތަމަ ޕްރައިމަރީ ސްކޫލް ވެސްމެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!