ޚަބަރު
ރާއްޖެއިން ބޭރުން އަންނަ ބިދޭސީ ޓީޗަރުން ސްކޫލްތަކަށް ނިކުމެވޭނީ 5 ދުވަހުގެ ކަރަންޓީނަކަށް ފަހު: އެޑިއުކޭޝަން

ދިވެހި ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ ޓީޗަރުން، ޗުއްޓީއަށް ރާއްޖެއިން ބޭރަށް ގޮސް އައުމަށްފަހު، އަނބުރާ ވަޒީފާއަށް ނުކުމެވޭނީ 5 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރުމަށްފަހު ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

މިނިސްޓްރީން ސްކޫލްތަކަށް ފުނުވާފައިވާ ސިޓީއެއްގައި މިކަން މިގޮތަށް ނިންމާފައިވާކަން ވަނީ ސްކޫލްތަކުގެ ވެރިންގެ ސަމާލުކަށް ވަނީ ގެނެސްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި އެޗް.ޕީ.އޭއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެޗް.ޕީ.އޭގެ މިންގަނޑަށް ފެތިގެން ރާއްޖެ އަންނަ ބިދޭސީ ޓީޗަރުންވެސް، ރާއްޖެ އަންނަ ތާރީޚުން ފެށިގެން 5 ދުވަހުގެ މުއްދަތަށް، އެއް ރަށުގެ ދިރިއުޅޭ ތަނުގައި ކަރަންޓީނުވުމާއި، 5 ދުވަސް ހަމަކޮށް ސާމްޕަލް ނެގުމަށްފަހު، ނަތީޖާ ނެގެޓިވްވުމުން ނޫނީ ސްކޫލަށް ނުނެރުމަށް މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގަވާފައެވެ.

2022-2021 ގެ ދިރާސީ ކަލަންޑަރުގައި ކިޔަވާދިނުމާ ސީދާ ގުޅުންހުރި މުވައްޒަފުން ނުވަތަ އެކަޑަމިކް ސްޓާފުން ސްކޫލަށް ނުކުންނަންޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 3 އޯގަސްޓް 2021 އެވެ. ނަމަވެސް، މިނިވަންދުވަހުގެ ބަންދާ ގުޅުވައިގެން ޖުލައި މަހުގެ 28 އަދި 29 ބަންދުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަޑަމިކް ސްޓަފުންގެ އަހަރީ ޗުއްޓީއަށް 2 ދުވަސް އިތުރުކޮށް، ރަސްމީކޮށް އެ މުވައްޒަފުން ސްކޫލަށް ނިކުންނަންޖެހޭ ދުވަހަކީ 5 އޯގަސްޓް 2021 ކަމުގައިވެސް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައިވެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ކޯވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރެއްވުމަށް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ސްކޫލްތަކަށް ފޮނުއްވި ސިޓީއެއްގައި އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!