ޚަބަރު
މަހުގެ ކައްޓެއް ދިރުވާލެވުނު މީހަކު މަރުވެއްޖެ

މަހުގެ ކައްޓެއް ދިރުވާލެވިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

މީޑީޔާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 60 އަހަރުވީ ލަންކާ މީހަކު މަހުގެ ކައްޓެއް ދިރުވާލެވިގެން ވަނީ މަރުވެފައެވެ. އެ މީހާ މަރުވެފައި ވަނީ އޭނާއަށް ދިރުވާލެވުނު މަހުގެ ކައްޓަކުން ގޮހޮރުގައި ލޯވަޅެއް ހެދި އިންފެކްޝަންއަކަށް ބަދަލުވުމުންނެވެ.

ކަށި ދިރުވާލެވުމުން އެމީހާ ބަނޑުގައި ރިއްސާ، ހޮޑޮލެވުމާއި، ބޮޑުކަމުދާން އުނދަގޫވާތާ ތިންދުވަސް ފަހުން އޭނާ ލަންކާގެ ކޯސްޓަލް ޑިސްޓްރިކްޓް ޖެނެރަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އެހެންކަމުން އެވަގުތު ހާލު ސީރިޔަސް ކަމަށް ބަލައި ޑޮކްޓަރުން ވަނީ ވަގުތުން އެމެޖެންސީގައި އޭނާއަށް ފަރުވާންދޭން ފަށާފައެވެ. އަދި ހެދި ސްކޭންތަކުން ބަނޑުގައި ގިނަ އަދަދަކަށް ދިޔާއެއްޗެހި ހުރިކަން ވަނީ ފާހަގަވެފައެވެ. މިއާއެކު އޭނާގެ ކިޑްނީވެސް މަސައްކަތްކުުރުން ހުއްޓިފައިވާ ކަން އެނގުނެވެ.

ދެ ގަޑިއިރުގެ އޮޕަރޭޝަނަކުން އެނގުނު ގޮތުގައި އޭނާގެ ގޮހޮރުގައި ވަނީ ކުޑަ ލޯވަޅެއް ހެދިފައެވެ. އަދި އެހެންވާން މެދުވެރިވީ، 0.8 އިންޗީގެ މަހުގެ ކައްޓަކުންކަންވެސް އެނގުނެވެ. އޭނާގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންގެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރިއެެވެ. އެހެންނަމަވެސް ހާޓްއެޓޭކެއް ޖެހިގެން އޭނާ ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!