ޚަބަރު
ރައީސް އޮފީހުގެ ޓީމެއް ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފި

ރައީސް އޮފީހުގެ ޓީމެއް ތިނަދޫގައި ހުންނަ ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފިއެވެ.

ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތް ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ހޮސްޕިޓަލުގައި ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް އޮފީހުގެ ޓީމެއް ވަނީ އިއްޔެ ތިނަދޫއަށް ޒިޔާރަތްކޮށްފައެވެ.

މިދަތުރުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްގެ އިތުރުން އަންޑަރ ސެކްރެޓަރީ މުޙައްމަދު ހުނައިފް، ސީނިއަރ ރިސާޗް އޮފިސަރ ޒަޔާން އަދި ގަވަރނިންގ ބޯޑް މެމްބަރ ޑރ.އުބައިދު ބައިވެރިވެ ވަޑައިގަތެވެ. ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ މިޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައީސް އޮފީހެ ޓީމަށް މަރުހަބާ ދެންނެވުން – ފޮޓޯ: ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް

އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތް އެންމެ ރަނގަޅަށް ބަލި މީހުންނަށް ލިބެމުން ގެންދޭތޯ އާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކާ ބެހޭ މައުލޫމާތު ހޯއްދެވި އެވެ. އަދި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ޓީމުން ވަނީ ބައްދަލުކޮށްފައެވެ.

ގދ.ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލް ތަރައްގީކުރުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާއިރު މިކަމަށް ލަފާކޮށްފައިވަނީ 1,965,065 ރުފިޔާއެވެ.

ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުވުމުން ހޮސްޕިޓަލުގައި 14 ކޮންސަލްޓިންގ ރޫމް ހިމެނޭ އޯ.ޕީ.ޑީ އޭރިޔާ އަކާއި، 2 ލޭބަރ ސޫޓް ހިމެނޭ ލޭބަރ ރޫމް އަކާއި، އެން.އައި.ސީ.ޔޫ، 4 ޕްރައިވެޓް ރޫމް އަދި މިހާރުގެ އޯ.ޕީ.ޑީ އޭރިޔާ އީއާރަކަށް ބަދަލު ކުރުމުގެ މަސައްކަތާއި ސީ.އެސް.އެސްޑީ ޔުނިޓެއް ޤާއިމުވެގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!