ޚަބަރު
ގދ ގެ ސިއްޚީ މަރުކަޒުތައް ހެލްތު މިނިސްޓްރީގެ ދަށަށް ގެންދިޔުމަށް އެދި ހުށަަހަޅަން އަތޮޅު ކައުންސިލުން ނިންމައިފި

ހުވަދު އަތޮޅު ދެކުނުބުރީގެ ސިއްޚީ މަރުކަޒުތައް ހެލްތު މިނިސްޓްރީގެ ދަށަށް ގެންދިޔުމަށް އެދި ސަރުކާރުގައި ދަންނަވަން އަތޮޅު ކައުންސިލުން ނިންމމައިފިއެވެ.

އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 57 ވަނަ އާންމު ބައްދަލުވުން މިއަދު ވަނީ ގދ.މަޑަވެލީ ކައުންސިލް އިދާރާގައި ބާއްވާފައެވެ.

މި ބައްދަލުވުމުގައި އަތޮޅު ހޮސްޕިޓަލް (ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލް) ބޯޑުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އަތޮޅުތެރޭގެ ސިއްޙީ މަރުކަޒުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ރަނގަޅު ކުރުމަށް އަދި އަތޮޅު ހޮސްޕިޓަލް ދަށުގައި ސިއްޚީ މަރުކަޒު ތަކުގެ ބަޖެޓް ހުރުމުގެ ސަބަބުން ދިމާވާ ދަތި ތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާ އަކަށް ވަނީި ބަހުސްކުރެވިފައެވެ.

ހަމައެއާއެކު މިފަދަ ދަތި އުދަގޫ ތަކުން އަރައިގަތުމަށް ހައްލެއްގެ ގޮތުން އަތޮޅު ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ސިއްޚީމަރުކަޒުތައް ހިންގުން ބަދަލު ކުރުމަށް ވަނީ ވޯޓެއް ނަގާފައެވެ. އަދި ރިޔާސަތުން ވޯޓަށް އެހުމުން 07 މެމްބަރުންގެ ވޯޓުން މިބިލް ވަނީ ފާސްވެފައެވެ.

މި މައްސަލަ ޖަލްސާއަށް އެޖެންޑާ ވެއްދީ ގދ.ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދުއެވެ.

ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފައިޒަރު ވިދާޅުވީ އެބައެއްގެ ހާލަތު ބަދަލު ކުރުމަށް އެބަޔަކު ނުކުރާ މަސައްކަތެއް ކުރަން އެހެން ބަޔަކު ނާންނާނެ ކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލްގެ ބޯޑުގައި ތިނަދޫ ފިޔަވާ އަތޮޅުގެ އެއްވެސް ރަށަކަށް ނިސްބަތްވާ މެމްބަރަކު ނެތްކަން ފާހަނގަކުރަމުން ފައިޒަރު ވިދާޅުވީ ބޯޑުގައި ގދ ގެ އެހެން ރަށްތަކަށް ނިސްބަތްވާ މެމްބަރުން ނެތުމުގެ ސަބަބުން އަތޮޅުގެ ރަށްތަކުގެ ސިއްޚީ ހާލަތު ބޯޑު މެމްބަރުންނަށް އިހުސާސް ކުރަން ނޭގޭ ކަމަށެވެ.

ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު – ފޮޓޯ: ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުުންސިލް އިދާރާ

ފައިޒަރު އިތުރަށް ވިދާޅުވީ އަދި އަތޮޅު ކައުންސިލް މެންބަރެއްގެ ގޮތުގައި ހިމަނާފައިވަނީ ވެސް ތިނަދޫ ކައުންސިލް މެމްބަރު ކަމަށާއި އެ މެމްބަރު އަތޮޅު ކައުންސިލް މެމްބަރެއް ގޮތަށް ހަމަޖެއްސީ އަތޮޅު ކައުންސިލްގެ އެއްވެސް ބަހެއް އޮވެގެން ނޫންކަމަށް ވާތީ އަތޮޅު ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތު އޮތްކަމަށް ނުދެކޭ ކަމަށެވެ.

ރަށް ކުރިއަރުވައި ރަށަށް ތަރައްޤީ ގެނައުމަށް އަދި ރަށުގެ ސިއްޚީ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށް ފައިޒަރު ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ސިއްޚީ މަރުކަޒުތައް ހެލްތު މިނިސްޓްރީގެ ދަށަށް ގެނެސް ރައްޔިތުންނަށް ބޭނުންވާ ސިއްޚީ ޚިދުމަތްތައް ރަށުގައި ތިބެގެން ލިބިގެން ދިޔުމަކީ ފައިޒަރު އެންމެ ދެކެން ބޭނުންވާ ދުވަހެވެ.

މީގެއިތުރުން ހުށަހެޅުމަށް ތާއީދުކޮށް ވޯޓުދެއްވި ހުރިހާ ބޭފުޅުންނަށް ފައިޒަރު ވަނީ ޝުކުރު އަދާކޮށްފައެވެ.

  1. ލކކަލޯ

    ކަަލޯ ތިކަމެއް ނުކުރާނެ މި ސަރުކާރުންނެއް.. އަތޮޅު ސިއްޙީމަރުކަޒުތައް ުނުނުނުނުނުނުނުނުނުނުނުނުނޖޖސސސޖެެެސެޮެ