ޚަބަރު
ގދ އަތޮޅު ކައުންސިލް ހިޔަލަ އެކްސްޕޯ 2022 ފަށައިފި

ގދ އަތޮޅު ކައުންސިލް ހިޔަލަ އެކްސްޕޯ 2022 މިރޭ ފަށައިފިއެވެ.

ހިޔަލަ އެކްސްޕޯ އަކީ ގދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވޭ އެކްސްޕޯއެކެވެ. ޖުުމްލަ 190 ފަރާތެއްގެ އަތްތެރި މަސައްކަތުން އުފައްދާފައިވާ ތަކެތި މިއެކްސްޕޯގައި ވިއްކާނެއެވެ.

ގދ.ތިނަދޫގައި ބާއްވާ ހިޔަލަ އެކްސްޕޯ

ގދ.މަޑަވެލި ފިޔަވައި ގދ ގެ ހުރިހާ ރަށަކުން ވަނީ މިއެކްސްޕޯގައި ބައިވެރިވެފައެވެ. އެކްސްޕޯ ކުރިޔަށް ދާނީ 22 އޮކްޓޯބަރ 2022 އިން 24 އޮކްޓޯބަރ 2022 ގެ ނިޔަލަށެވެ. އެކްސްޕޯއަށް ވަންނަ ކޮންމެ ފަރާތަކަށް ވެސް ވަރަށް ހާއްސަ އިނާމް ހޯދުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.

މިއީ އެކޮނޮމިކް އެމްޕަވަރމަންޓްގެ މަޤްސަދުގައި ގދ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަދި ގދ ބިޒްނަސް ސެންޓަރާއި ގުޅިގެން ކުރިޔަށް ގެންދާ އެކްސްޕޯއެކެވެ.

މިއެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ ގދ.އަތޮޅު ކައުންސިލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!