ޚަބަރު
ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވަނީ

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކް އަންނަ އޮކްޓޯބަރ މަހުގައި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ މިއަދު ބުނެފައިވަނީ 28 އޮކްޓޯބަރ 2022 އިން 31 އޮކްޓޯބަރ 2022 އަށް މަޝްހޫރު ދީނީ އިލލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި މާލޭގެ އިތުރުން ފުވައްމުލަކު ސިޓީއާއި, އައްޑޫ ސިޓީގައި ވެސް މުފްތީ މެންކް ދަރުސް ދެއްވާނެއެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މުފްތީ މެންކް ރާއްޖެ ވަޑައިގެން ދަރުސް ދެއްވައި, އިމާމުވެ ހުކުރު ނަމާދު ވެސް ކުރައްވާފައިވެއެވެ.

އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!