ޚަބަރު
ދެކުނު 4 އަތޮޅުގައި ނަޔާ ހައި ސްޕީޑް ދަތުރުތައް ފަށައިފި

ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ނަޔާ ކިންގ އިން ދެކުނުގެ 4 އަތޮޅަށް ފެރީ ޚިދުމަތް އިއްޔެ ފަށައިފިއެވެ.

ނަޔާ ކިންގް ގެ ދަތުރުތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 24 ވަނަ ދުވަހު ގދ. އަތޮޅު- ފުވައްމުލައް- އަދި އައްޑޫއަށެވެ.

މި ދަތުރުގައި ގދ. ތިނަދޫއިން ހެނދުނު 8:00 އިން ފުރައިގެން މަޑަވެލި، ނަޑެއްލާ، ރަތަފަންދޫ، ފިޔޯރީ، ފަރެސްމާތޮޑާ، ވާދޫ، ފުވައްމުލައްސިޓީ އަދި އައްޑޫސިޓީގެ ހުޅުމީދޫ އާއި ހިތަދޫ އަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދަތުރުގެ އެންމެ ފަހު މަންޒިލަކަށް އިނީ ހިތަދޫން މަރަދޫ އަށެވެ.

ގދ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގެ ރަށްތަކަށް ވެސް އައްޑޫ އަދި ފުވައްމުލަކުން މި ފެރީގައި ދަތުރުކޮށްލެވެ އެވެ.

ނަޔާ ކިންގ އިން ބުނީ ދަތުރުތައް ފަށައިގަންނަ އިރު ބޭނުންކުރަނީ 30 މީހުންގެ ޖާގައިގެ 1 ފެރީ ކަމަށެވެ.

ފެރީ ޓިކެޓް ބުކް ކުރުމަށް 6861616 ، 9921256 ، 7903532، 9888117،  7934378 މި ނަމްބަރު ތަކަށް ގުޅުމުން ހަމަޖެހިގެން ދާނެއެވެ.

މީގެ 2 އަހަރު ކުރިން ދެކުނުގެ 4 އަތޮޅަށް ޚާއްޞަ ކޮށްގެން ރިލެކްސް ފެރީ ސަރވިސް އިން ފަށައިގެން ކުރިއަށް ގެންދިޔަ މިފަދަ ދަތުރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ދެކުނުގެ އަތޮޅުތަކުގައި ފަސޭހަ ކަމާއި އެކު ދަތުރުކޮށްލެވޭނެ ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ވެފައި ނެތުމުގެ ސަބަބުން ތަކުލީފް އުފުއްލަމުން އައި ގިނަ ބަޔަކަށް އެ ދަތުރުތަކުގެ ސަބަބުން ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. އަދި އެ ފެރީގައި ކާގޯ އުފުއްލޭނެ އިންތިޒާމު ހަމަޖެހިފައި ވުމުގެ ސަބަބުން ދެކުނުގެ އިގްތިސާދަށް ވެސް އެކަމުގެ ހެޔޮ ބަދަލު އައިތަން ވަނީ ފެނިގެން ގޮސްފައެވެ. ރިލެކްސްގެ ދަތުރުތައް އޭރު ހުއްޓާލަން ޖެހުނީ ކޮވިޑް 19 އާއި ގުޅިގެން ދެކުުނުގެ އަތޮޅު ތަކުގެ ރަށްތައް ފުރަބަންދު ކުރުމާއި އަދި  ދަތުރުފަތުރު ކުރުމުގައި އޭރު އެޅި ގިނަ ފިޔަވަޅުތަކާއި ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!