ޚަބަރު
މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ތިނަދޫ ކައުންސިލުން ތައްޔާރީތައް ފަށައިފި، މިހާތަނަށް 39 ޓީމް ބައިވެރިވެއްޖެ
މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް ޤައުމީ އެތްލެޓިކްސް މީޓަށް ތައްޔާރު ވުމުގެ ގޮތުން ތިނަދޫ ކައުންސިލުން، ތިނަދޫގައި ތިބި މުއައްސަސާ ތަކާއި އެކު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
23 އޮކްޓޫބަރ 2022 ގައި ގދ.ތިނަދޫގައި ފެށުމަށް ހަމަޖެހިފައިވާ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް ޤައުމީ އެތްލެޓިކްސް މީޓަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ތިނަދޫ ކައުންސިލުން ދަނީ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިހަފްތާ ތެރެޔަށް ތާވަލްކޮށްގެން ބައްދަލުވުންތައް ދަނީ ކުރިޔަށް ގެންދަމުންނެވެ.

މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް ޤައުމީ އެތްލެޓިކްސް މީޓަށް ތައްޔާރު ވުމުގެ ގޮތުން ތިނަދޫގެ މުއައްސަސާ ތަކާއި އެކު ބޭއްވޭ ބައްދަލުވުމުގެ ތެރެއިން – ފޮޓޯ: ތިނަދޫ ކައުންސިލް

މިމުބާރާތުގައި މިހާތަނަށް 39 ޓީމަކުން ވަނީ ބައިވެރިވެފައި ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ. އަދި ހަމައެއާއެކު މިޢަދަދު މިއަށްވުރެވެސް އިތުރުވުމުގެ ފުރުޞަތު އަދި އެބައޮތް ކަމަށް އެއެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ތިނަދޫ ކައުންސިލުގެ ވިސްނުމަކީ މިބޮޑު މުބާރާތުގެ ތައްޔާރީތަކުގައި މުއައްސަސާތަކުން ރަސްމީ ޙައިޘިއްޔަތުން ބައިވެރި ވުމުގެ އިތުރުން ކްލަބް ޖަމިއްޔާތަކާއި، ވިޔަފާރިވެރީންނާއި، ރަށުގެ އެއްމެހާ ރައްޔިތުންވެސް ފަރުދީގޮތުން މުޅިރަށް މިކަމަށް ތައްޔާރު ކުރުމުގައި އެބައެއްގެ މިންވަރުން ޙިއްސާ ވެވޭނޭ ދޮރު ހުޅުވައި އެކަމަށް ބާރު އަޅައި ހިތްވަރު ދިނުން ކަމަށް ތިނަދޫ ކައުންސިލުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!