ހިތުގެ ވޭނީ އުދާސް
ޅެން : ނިޢުމާ ޙުސައިން، ގދ.ތިނަދޫ
އަހަރެންގެ ހެޔޮއެދުމާ ދުޢާތައް ފޮނުވަމޭތިޔައަރިއަހަށް
އަހަރެންގެ ވޭނީހިތުގެއަޑު އިއްވާ ލަމޭތިޔަ އަރިއަހަށް
އަހަރެންގެފުރިހަމަ ލޯބިވެސް ހިބަކަޮށްދިނީމޭ ތިޔަޙައްޤުގާ
އަހަރެންގެޖިސްމާ ލޭގަވީ ތިޔަ ފަރިއަދާ ހިބަވޭ އަޚަށް
އަހަރެންގެ އުއްމީދާ ދިރުން މުޅިރޫޙަކީ ތިޔަ ހަށިގަނޑޭ
އަހަރެންގެ ލޮލުގާ ބަބުޅަނީ ތިޔަ ސޫރައޭ އަދު ދާއިމަށް
އަހަރެންގެ ލޯތްބާ ޤަދަރުވީ ދިރިއުޅުމުގާ ކުލަ ފަނޑުވެފާ
އަހަރެންގެ ހިތުގާ ވިންދުވެސް ޖެހުމެއްނުވޭ ޖާނާހިތަށް
އަހަރެންގެ ހަށިގަނޑު ގާ ދިރުން ހުރިހާ ހިދަކު އެކުވާނަމޭ
އަހަރެންގެ ހިތް ހަދިޔާ ކުރިންތެދުވެރިކަމެއް އެކުގާވުމަށް
އަހަރެން ދުޢާކުރަމޭ ލިބުން އެދި ކަލާ ޙާސިލް ވުމަށް
އަހަރެން ދުޢާފަށްފަށް ކުރަން އަބަދުމެލިބުންއެދިޙަޒްރަތަށް