ޚަބަރު
ބޭނުން ގޮތަކަށް ފޮތުގެބޭރުގަނޑު ނޯވާޓެކުން ޑިޒައިންކޮށްލެވޭނެ

ކޮންމެ އަހަރަކުވެސް ސްކޫލް ހުޅުވުމާއި ކައިރިވުމުން ސްކޫލް ކުދިންގެ ފޮތްތައް ރީތިކޮށް ތައްޔާރު ކުރުމަކީ ދިވެހިން އާދަކާދައިގައި ހިމެނޭ ކަމެކެވެ. ބޭރުގަނޑުގައި ލާނެ ރަނގަޅު ރީތި ކަރުދާހެއް ނުލިބިގެން އުޅޭއިރު، ކަރުދާހާއި ގުޅޭ ގޮތަކަށް ނަންކާޑު ހަދައި މާއްދާތަކުގެ ނަން ކާޑް ހެދުމަކީ ބޮޑު ތަކުލީފެކެވެ. ނަމަވެސް އެ ތަކުލީފު އުފުލަން ޖެހުނު ޒަމާން މިހާރު މިވަނީ ފަހަތަށް ޖެހިފައެވެ.

ޒަމާނަށް އަންނަ ފަސޭހަ ބަދަލު ތަކުން، މިއަދު މިވަނީ ފޮތުގައި ލާނެ ބޭނުން ޑިޒައިނެއްގެ ގަނޑަކާއި، ނަންކާޑު އެޅުން ނުހަނު ފަސޭހަވެފައެވެ. ގޭގައި ތިއްބަވައިގެންވެސް، 9443440 އަށް ފޯންކޯލެއް ކޮށްލެއްވުމުން ބޭނުން ޑިޒައިނަކަށް، ފޮތުގެ ކަވަރު، ޑިޒައިން ކުރުމާއި، ޕްރިންޓްކުރުމުގެ ޚިދުމަތް އަތްފޯރާ އަގެއްގައި ތިނަދޫގައި ހުންނަ ނޯވާޓެކުން މިހާރު ދޭން ފަށައިފިއެވެ.

މިޚިދުމަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ނޯވާޓެކުން ބުނެފައިވަނީ، ކަސްޓަމަރުން ބޭނުންވާގޮތަކަށް ފޮތުގެ ކަވަރު ޑިޒައިން ކުރާއިރު، ނަމާއި، ސަބްޖެކްޓް އެކުލެވޭ ގޮތަށް ޕްރިންޓް ކޮށްދިނުމުގެ އިތުރުން، ނަމާއި ސަބްޖެކްޓް ކާޑު ވަކިން ބޭނުންވާނަމަ، އެތަކެތި ވެސް ޑިޒައިންކޮށް ޕްރިންޓް ކުރުމުގެ އިޚްތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން ޕްރިންޓު ކުރުމުގެ އަގު ފިޔަވާއި، ޑިޒައިންކުރުމުގެ އެއްވެސް ޚިދުމަތަކަށް ކަސްޓަމަރުން އަތުން އިތުރު ޗާޖެއް ނުކުރާނެކަމަށް ނޯވާޓެކުން މަޢުލޫމާތު ދެއެވެ.

ނޯވާޓެކަކީ، ޕްރިންޓްކުރުމުގެ ޚިދުމަތް ފުޅާދާއިރާއެއްގައި މުޅި ހުވަދު އަތޮޅަށް  ފޯރުކޮށްދެމުން އަންނަ، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ތަނެކެވެ. ނޯވާޓެކްގެ ޓީމްގައި ހުނަރުވެރި ޑިޒައިނަރުން ހިމެނޭކަމީ، ނޯވާޓެކްގެ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާ ސަބަބެކެވެ.

މީގެއިތުރުން ނޯވާޓެކުން ދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި، ބޭނުން ސައިޒަކަށް ކެންވާސް، ބިއްލޫރި ސްޓިކަރ، ސްޓާފް ކާޑް، ސައިން ބޯޑު ޕްރިންޓް ކުރުމުގެ އިތުރުންވެސް، ޕްރިންޓިންގ ގެ ތަފާތު އެތައް ޚިދުމަތެއްވެސް ދެއެވެ.