ކަރަންކާ ފިއެސްޓާގެ މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުދީ ލައިކަންސް އެފްސީ އާއި ތަރިވިލާ އެފްސީއެވެ. މި މެޗު 5 ލަޑު 4 ލަޑުން ކާމިޔާބު ކުރީ ލައިކަންސް އެފްސީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލައިކަންސް އެފްސީގެ ޖާޒީ ނަންބަރ 10 އަހުޒަން ޒާހިރުއެވެ.
މިއަދު ކުޅުނު ދެވަނަ މެޗުގައި ވާދަ ކޮށްފައިވަނީ ހުޓިކޮޑު އެފްސީ އައި ޕަކް ރޯޔަލްސް އެސްސީއެވެ. މިމެޗު 5 ލަޑު 2 ލަޑުން ކާމިޔާބު ކުރީ ޕާކް ރޯޔަލްސް އެސްސީ އެވެ. މިމެޗު ގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕާކްރޯޔަލްއެސްސީ ގެ ޖާޒީ ނަންބަރ 23 މުޙައްމަދު ޝަހުދު ސަޢީދު އެވެ.
މިއަދުގެ މެޗުތަކާއެކު މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް މިވަނީ ނިމިގެން ގޮސްފައެވެ. މުބާރާތުގެ ފައިނަލް މެޗުގައި މިއަންނަ ހުކުރު ދުވަހު ވާދަ ކުރާނީ ލައިކަންސް އެފްސީ އާއި ތަރިވިލާ އެފްސީ އެވެ.
މިމުބާރާތުގައި ފައިނަލްގައިކުޅޭ ލައިކަން އެފްސީއަކީ މިމުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމެވެ. އެޓީމު ފައިންލަށް ދަތުރު ކޮށްފައި ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ސައްތައިން ސައްތަ ރިކޯޑަކާ އެކުއެވެ. އެޓީމުގެ ކެޕްޓަނަކީ އެޓީމުގެ ޖާޒީ ނަންބަރ 10 އަހުޒަން ޒާހިރު އެވެ. އަހުޒަން އަކީ ފިޔޯރީ ގައި އެންމެ ފަހުން ބޭއްވުނު ފުޓްސަލް މުބާރާތުގެ ފުޓްސަލް ކިންގެވެ. މިމުބާރާތުގައި މިހާތަނަށް އަހުޒަން ވަނީ 20 ލަޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.
މުބާރާތުގެ ފައިނަލްގައި ވާދަކުރާ ތަރިލާ އެފްސީގެ ކެޕްޓަނަކީ ފިޔޯރީގެ ކުޅިވަރު ލެޖެންޑު އަޙުމަދު ނަޒީފެވެ. ކުޅިވަރުގެ މައިދާނުގައި ނަޒީއްބެ އެވެ. ނަޒީފް އަކީ ފިޔޯރީގައި އެންމެ ފަހުން ބޭއްވުނު ފުޓްސެލް ދެމުބާރާތުގެވެސް އެންމެ މޮޅު ކީޕަރެވެ. ނަޒީފް އަކީ 1990 އިން ފެށިގެން ފިޔޯރީގެ އެންމެ މޮޅު ފޯވާޑުގެ ގޮތުގަ ހުރި ކުޅުންތެރިއެކެވެ.