މާލޭގައި މުޅިން އަލަށް މީޓަރު ޕާކިން ސިސްޓަމް ތައާރަފު ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މީޓަރު ޕާކިން ސިސްޓަމް ތައާރަފްު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ސިސްޓަމްތައް ބަހައްޓާނެ ތަންތަން ކަނޑައެޅުން ކަމަށް ވިދާޅުވި އެވެ.
ހަމައެއާއެކު ސިޓީ ކައުންސިލުން ވަނީ މީޓަރު ޕާކިން ސިސްޓަމް ހޯދައި އަދި ބަހައްޓައި ދޭނެ ފަރާތެއް ހޯދަން އިއުލާނެއް ވެސް ކޮށްފަ އެވެ.
ސެޕްޓެމްބަރު 19 ގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ސިޓީ ކައުންސިލަށް އަގު ހުށަހަޅަން ޖެހޭނެ ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ. އަންނަ އޯގަސްޓް މަހު 19 ގައި މިކަމާއި ބެހޭ އިތުރު ތަފްސީލް ހިއްސާ ކުރަށްވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މީޓަރު ޕާކިންއަކީ ވެހިކަލްތައް ވަކި ވަގުތެއްގައި ވަކި ތަނެއްގައި ޕާކް ކުރުމުގެ ގޮތުން ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުންކުރާ ޑިވައިސް އެކެވެ.