ކުޅިވަރު
ކްލަބް އީގަލްސްއާ އެކު ދަގަނޑޭ ފަރިތަކުރުންތައް ފަށައިފި

ކުރިޔަށް އޮތް އޭއެފްސީ ކަޕްގެ ޕްލޭ އޮފް މެޗްގައި ކުޅުމަށް ރާއްޖޭގެ އެއް ނަންބަރު ކުޅުންތެރިޔާ އަލީ އަޝްފާގު(ދަގަނޑޭ) ކްލަބު އީގަލްސްއާއެކު ފަރިތަކުރުންތައް ފަށައިފި އެވެ.
އީގަލްސްގެ އޮފިޝަލަކު ވަނީ މިކަން ހުވަދޫ ނިއުސް އަށް ޔަގީން ކޮށްދީފައެވެ. ދަގަނޑޭގެ އިތުރުން އޭއެފްސީ ކަޕްގެ ޕްލޭ އޮފް މެޗްގައި ކުޅުމަށް ޔުނައިޓެޑް ވިކްޓްރީއަށް ކުޅެމުން އައި އިސްމާއިލް އީސަ(މެސީ) އާއި މުހައްމަދު އާރިފް(ބަކާ) ވެސް ވަނީ އީގަލްސްއާއި ގުޅިފައެވެ.
ޕްލޭ އޮފްގައި ކްލަބް އީގަލްސް ވާދަކުރާނީ ބެންގަލޫރު އެފްސީއާއެވެ. މި މެޗް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު ރާއްޖޭގައެވެ.
އޭއެފްސީ ކަޕްގައި ރާއްޖޭގެ އީގަލްސްގެ އިތުރުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ވާދަކުރެއެވެ. އޭއެފްސީގައި ރާއްޖޭގެ ޓީމްތައް ކުޅޭ މެޗްތައް އޮންނާނީ އަންނަ މަހުގެ18 ،21، 24 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!