ހއ.އިހަވަންދޫ އައިސްޕްލާންޓުން އެމޯނިއާ ގޭސް ލީކުވެ މުޅި ސަރަހައްދު އާންމުންނަށް ބަންދުކޮށްފިއެވެ.
މީިޑީޔާއަށް މައުލޫމާތު ދެއްވަމުން އަހުމަދު ރިޟްވާން ވިދާޅުވީ ރޭ 9 ޖަހާކަންހާއިރު އިހަވަންދޫ ގޭސްޕްލާންޓުން ގޭސް ލީކުވެފައިވާ ކަމަށާއި އޭގެ ސަބަބުން ބިދޭސީ މީހަކު ހާލެ ދެރެވެގެން ފަރުވާދޭން ޖެހުނު ކަމަށެވެ.
ރިޟުވާން އިތުރަށް ވިދާޅުވީ އައިސްޕްލާންޓާއި ޖެހިގެން އެމްޓީސީސީ ސައިޓު ހުރުމުން އެސައިޓުގައި ހުރި ބިދޭސީ މީހާއަށް ގޭހުގެ އަސަރުކޮށް އެމީހާ ހޭނެތުނު ކަމަށެވެ. އެހެންކަމުން އިހަވަންދޫ ސިއްޚީ މަރުކަޒަށް ގެންގޮސް އޭނާއަށް ވަނީ އޮކްސިޖަން ގުޅައިގެން ފަރުވާދީފައެވެ. އެމީހާގެ ހާލު މިހާރު ރަނގަޅުކަމަށް ރިޟުވާން މައުލޫމާތު ދިނެވެ.
އެމޯނިއަމް ގޭސް ލީކުވާން ފެށިގޮތް ކިޔައިދެއްވަމުން އަހުމަދު ރިޟްވާން ވިދާޅުވީ މަސް ފިނިކުރާ ނިޒާމުގެ ތެރެއިން އައިސް އުފެއްދުމަށް ބޭނުންކުރާ އެމޯނިއަމް ގޭސް ހޮޅީގެ ބުޑުން ގޭސް ލީކުވަމުންދާ ކަމުގެ މމައުލޫމާތު ރޭ ލިބުނު ކަމަށެވެ. މުޅި ސަރަހައްދުގައި ގޭހުގެ އަސަރު ވަރަށް ގަދަޔަށް ހުރުމާއެކު އެސަރަހައްދަށް އާންމުން ވަނީ މިހާރު މަނާކޮށްފައި ކަމަށް ރިޟުވާން ވިދާޅުވިއެވެ.