ޚަބަރު
ގެވެށި ގުޅުން ކެންޕެއިންގެ ލަވަ “މަގޭ ލޮބުވެތި ގެ” ވަރަށް ފުރިހަމަ

ގެވެށި ގުޅުން ކެންޕެއިންގެ ދަށުން ތައްޔާރުކުރި ލަވަ “މަގޭ ލޮބުވެތި ގެ” އަކީ ވަރަށް މާނަފުން ވަރަށް ފުރިހަމަ ލަވައެކެވެ.

ގެވެށި އަނިޔާ އާއި ދެކޮޅަށް ހިންގާ ކެމްޕެއިންގެ ދަށުން ނެރުނު މިލަވަ އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މިލަވައަކީ ގެވެށި އަނިޔާއާއި ދެކޮޅަށް މީހުން ހޭލުންތެރިކުރުމަށް ނެރުނު ހާއްސަ މަޖައްލާ “ސާސްތުރަ”ގެ ވީޑިއޯ ލަވައެކެވެ. މިލަވައިގެ އޯޑިޔޯ ލަވަވެސް ވަނީ ރިލީޒްކޮށްފައެވެ.

https://www.facebook.com/watch/?v=818570616073476

މިލަވަ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދުވެސް މުޖުތަމަޢުގެ ތެރޭގައި އޮތް ކަމެއް ކަމަށާއި އެހެން ނަމަވެސް މިސަރުކާރު އައުމާއިއެކު މަސައްކަތް ފެށިފައި ވަނީ ގެވެށި ގުޅުން ބަދަހިކޮށް އުފާވެރި އާއިލާއެއް ބިނާކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ކަމަށެވެ.

ގެވެށި ގުޅުން ކެންޕެއިންގެ ދަށުން ތައްޔާރުކުރި ލަވަ “މަގޭ ލޮބުވެތި ގެ” ގެ ތަންކޮޅެއް

ހަމައެއާއެކު އުފާވެރި އާއިލާއެއް ބިނާކޮށް މުޖުތަމަޢުގައި ހަމަޖެހުން ޤާއިމްކުރުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވައިލައްވާފަ އެވެ.

މީގެއިތުރުން ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި، 6 މަސްދުވަހުގެ މެޓާނިޓީ ލީވް މަންމައަށް އަދި އެއްމަސް ދުވަހުގެ ޕެޓާނިޓީލީވް ބައްޕައަށް ހަމަޖައްސައިދީ، އަދި މަސައްކަތު މާހައުލުގައި ދަރިންނާއިއެކު މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ކުރިޔަށް އޮތްތަނުގައި، އަލަށް އިމާރާތްކުެރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖްތައް ގާއިމުކުރެވޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ގެވެށި ގުޅުން ކެންޕެއިންގެ ދަށުން ކުޑަކުދިންގެ ވާހަކަފޮތް ސީރީޒްއެއްވެސް ވަނީ ނެރެފައެވެ.

ގެވެށިގުޅުން ކެންޕެއިން، ފަށާފައި ވަނީ، 15 ޖުލައި 2020ގަ އެވެ. މިކެމްޕެއިންގެ ތެރެއިން އާއްމުން ހޭލުންތެރި ކުރުމަށް ގިނަ ޙަރަކާތްތަކެއް މިފާއިތުވި ދެއަހަރުގެ ތެރޭގައި ވަނީ ހިންގާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!