އަވަށްޓެރި އިންޑިޔާގައި ފެންކަމަށް ހީކޮށް ޑީސެލް ބުއި ކުޑަކުއްޖަކު މަރުވެއްޖެއެވެ.
މީޑީޔާ ރިޕޯޓްތައް ބުނާގޮތުން އުމުރުން އެންމެ އަހަރަކާއި ހަމަހުގެ ތުއްތު ކުއްޖަކު އޭނަގެ ބައްޕަ ގެންގުޅުނު ޑީސެލް ފުޅި ބުއީ ފެންކަމަށް ހީކޮށްފައެވެ.
އިއްޔެ ހިގާދިޔަ މިހާދިސާގައި މަރުވި ތުއތތު ކުއްޖާގެ ބައްޕަ އޭނަގެ ކާރު ރީޕެޔަރ ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައިރު ފެންއަޅާ ފުޅިއަކަށް ޑީސެލް އަޅާފައި ބެހެއްޓިއެވެ. އެވަގުތު އެކުއްޖާ އައިސް އެފުޅިން ޑީސެލް ބޯލީއެވެ.
ޑީސެލް ބޮވުނުތާ އިރުކޮޅެއް ފަހުން އެކުއްޖާ ވަނީ ހުއްޓާނުލާ ހޮޑުލާފައެވެ. އަދި ނޭވާލާން އުދަގޫވެގެން ވަގުތުން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ފުރަތަމަ ގެންދިޔަ ހޮސްޕިޓަލުން ފަރުވާ ނުލިބިގެން އެހެން ހޮސްޕިޓަލަކަށް ވަނީ ބަދަލުކޮށްފައެވެ.
އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން ބޭނުންވާ ފަރުވާ ނުލިބި އެކުއްކާ ވަނީ މަރުވެފައެވެ.