ޔޫމެޓް ސްކޫބާ ޑައިވިންގ ސެންޓަރުން ހިންގި ޑައިވްމާސްޓަރ ލެވެލްއަށް ކިޔަވައިދިން ކޯސް ނިންމުމުގެ ރަސްމިއްޔާތަށް ޔޫމެޓް ސްކޫބާ ޑައިވިންގ ސެންޓަރުން ދިން ދައުވަތަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މުހައްމަދު ނަޝީިދު ތިނަދޫއަށް ވަޑައިގެންފިއެވެ.
މިއަދު ހަވީރު ތިނަދޫގައި ބޭއްވުނު ޑައިވްމާސްޓަރ ލެވެލްއަށް ކިޔަވައިދިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދުވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިކޯހަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުރިއަށް ގެންދާ ކޮވިޑް 19 އިންކަމްސަޕޯޓް “އަޕްސްކިލިންގ އެންޑް ޓެރެއިނިންގ ޕްރޮގްރާމް” ޕްރޮޖެކްޓްގެ ދަށުން އެމިނިސްޓްރީ އާއި ޔޫމެޓް ސްކޫބާރ ގުޅިގެން ހިންގާ ކޯހެކެވެ. އަދި ކޯހުގެ ކިޔެވުމުގެ ކޯސް ފީ އަދި ކިޔެވުމެ އެއްވެސް ޚަރަދެއް ޕްރޮގްރާމްގެ ބައިވެރިން ދައްކާކަށް ނުޖެހެއެވެ. މިޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސްގެ ގޮތުގައި 5،000.00 (ފަސްހާސް ރުފިޔާ) އާއި ހަމައަށް މަހަކު ދެވުނެވެ.
ރައީސް ނަޝީދު ތިނަދޫއަށް ކުރެއްވި މިދަތުރުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ވަނީ ބައްދަލުކޮށްފައެވެ. އަދި މިރޭ ބޭއްވުނު ހާއްސަ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.