ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން އެއްބަސްވެފައިނުވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުން ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ”އާސްކް ސްޕީކާ” ގެ ހަވަނަ ޕްރޮގްރާމުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ އެފަދަ އެއްބަސްވުމެއް އެމްޑީޕީ މެނިފެސްޓޯގައި ހިމަނާފައި ނުވާނެ ކަމަށެވެ. އަދި ހަމައެއާއެކު ސަރުކާރުން ފެށުނީއްސުރެ މަސައްކަތް ކުރަމުން ދަނީ ރައީސް ސޯލިހުގެ ވައުދުފުޅުތައް ފުއްދުމަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އެމްޑީޕީގެ މެނިފެސްޓޯގައި ނިޒާމީ ވޯޓެއް ނަގަން އެއްބަސްވެފައި އޮތްވާ ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެއެވެ. ކުރިޔަށް އޮތީ ރިޔާސީ އިންތިހާބަކަށް ވާތީ ވޯޓު ހޯދަން ރައްޔިތުން ކައިރިޔަށް ދާންވާނީ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދާފައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.