މެލޭޝިޔާގައި މޮހެރަތު ނަމަކަށް ކިޔާ މީހަކު އޭނަގެ ދަރިފުޅު އުރާލައިގެން ހުއްޓާ ކިނބުލެއް އަރާ ދަރިފުޅު ޖަހައިގެން ގެންގޮސް ކާލައިފިއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑީޔޯއިން ފެންނަގޮތުގައި ފިރިހެނަކު އޭނަގެ ކުޑަދަރިފުޅު އުރާލައިގެން ކޯރެއްގެ ކައިރީގައި ހުއްޓެވެ. އެހެން ހުއްޓާ ކޯރުގެ ތެރެއިން ފުންމާލި 11 ފޫޓުގެ ބޮޑު ކިނބުލެއް އޭނަގެ ދަރިފުޅު ޖަހައިގަނެގެން ގެންދިޔައެވެ. އެވަގުތު އެފިރިހެންމީހާ ބަލާކަށް ނުހުރެ ކޯރަށް ފުންމާލިއެވެ. އަދި ކނބުލުގެ ކިބައިން ދަރިފުޅު ސަލާމަތް ކުރުމަށް އެތައް މަސައްކަތެއް ކުރިއެވެ.
އެހެންނަމަވެސް އޭނަގެ ކުރިމަތީގައި ކިނބޫ ދަރިފުޅު ކާލީއެވެ.
ދަރިފުޅު ސަލާމަތްކުރަން އުޅުމުގެތެރޭގައި ކިނބޫ ވަނީ މޮހެރަތު އަށް ހަމަލާދީ ޒަހަމް ކޮށްލާފައެވެ. އޭނަގެ ކަރާއި ފައިގެ އިތުރުން މޮހެރަތުގެ ބޮލަށް ކިނބޫ ވަނީ ހަމަލާދީފައެވެ. ނަމަވެސް ޒަހަމްތަކާއެކުވެސް ދަރިފުޅު ސަލާމަތް ކުރެވޭތޯ އެންމެ ފަހު ވަގުތާ ދަންދެންވެސް މަސައްކަތްކުރިއެވެ.
މޮހެރަތު ސަލާމަތްކުރަން ބަޔަކު ވަނީ އެކޯރަށް ފުންމާލާފައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ.
ކަންމިހެންދިމާވުމާއެކު މެލޭޝިޔާގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކޯރު ކައިރިއަށް ދިޔުން މަނާކޮށްފައެވެ. އަދި އެކިނބޫ އަތުލެވޭތޯ ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ މަސައްކަތްކުރަމުންނެވެ.
ޟެރނ