މަސްތުވާތަކެތީގެ މައްސަލައިގެ ޝަރީއަތަށް ފިލައިގެން އުޅޭ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިިރުކުރުމަށް ބ.ކަމަދޫ، ސުވާސާގެ، މުޙައްމަދު ރާފިލް ރިޔާޟް (24އ) ހޯދަމުންދާ ކަމަށާއިި އޭނާ ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރު ކޮށްދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކުރައްވާފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
ދައުލަތުން ރިޔާޟްގެ މައްޗަށް ކުރަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަޢުވާއެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަހަރު މާރޗްމަހު 15 ވަނަ ދުވަހަށް ތާވަލްކުރެވުނު ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައިނުވާތީ އަޑުއެހުން ވަނީި ކެންސަލްކޮށްފައެވެ.
ރިޔާޟް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ޢަމުރުކުރެއްވީ އޭނާ ބަންދުގައި ބަހައްޓައިގެން މި މަހުގެ ހަތްވަނަ ދުވަހުގެ 10:00 އަށް ހާޒިރުކޮށްދިނުމަށެވެ.
ފުލުހުން ވަނީ ރާފިލްއާ ބެހޭއެއްވެސްމައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިލައްވައިފައެވެ.