ޚަބަރު
ފެނަކައިން އެސްޓީއޯ އަށް އެއްވެސް ވަރަކަށް ފައިސާ ނުދައްކާ : އަމްރު

އަތޮޅުތަކަށް ކަރަންޓުގެ ހިދުމަތް ދޭ, ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަނުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ދޭން ޖެހޭ ފައިސާ ނުދޭކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯ އިން ދައުލަތުގެ އެކި ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާތައް އެ ކުންފުނިން އަބަދުވެސް ކުރެ އެވެ. މިހާތަނަށް އެކުންފުންޏަށް ނުލިބިވާ ފައިސާގެ އަދަދު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އަމްރު މަޢުލޫމާތު ދެއްވިއެވެ.

އަމްރު ހާމަކޮށްފައިވާ ގޮތުގައި ނުލިބިވާ ފައިސާގެތެރެއިން ބޮޑު ބައެއް ނިސްބަތްވަނީ ފެނައަކަށެވެ. އެ ކުންފުނިން އެ ފައިސާ ހޯދަން އެކި ގޮތްގޮތުން މަސައްކަތްކޮށްގެން ވެސް މިހާތަނަށް އެއްވެސް ފައިސާއެއް ނުލިބި ވާކަން އަމްރު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ސްޓެލްކޯއިން ބަރާބަރަށް ފައިސާ ދައްކަމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަތޮޅު ތެރެއަށް ކަރަންޓު ދޭން ބޭނުންވާ މިންވަރަށް ހުއްޓުމެއް ނެތި ތެޔޮ ފޯރުކޮށްދެމުން ދާ ކަމަށާއި، އެހެންނަމަވެސް އެ ތެލަކަށް އެންމެ ރުފިޔާއެއް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އަތޮޅު ތެރެއަށް ކަރަންޓު މި ފޯރުކޮށްދެމުން ދަނީ އެސްޓިއޯ އިން ހިލޭ ކަމަށް އަމްރު ވިދާޅުވެއެވެ.

އަމްރުގެ މި ވާހަކަ ތަކަށް ރައްދުދެއްވަމުން، ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ފެނަކައިން ދަނީ އެސްޓީއޯއަށް ފައިސާ ދައްކަމުން ކަމުގައެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ދިމާވެފައިވާ ބައެއް ދަތިތަކުގެ ސަބަބުން ރުފިޔާ ދެއްކުމުގައި ލަސްތަކެއް އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!