ޚަބަރު
ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި ޕާކެއް އަޅަނީ

ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި ކުޑަކުދިންގެ ޕާކެއް އެޅުމަށް ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ކުޑަކުދިންގެ ޕާކް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 22 ވަނަ ދުވަހު މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަގު ހުށަހަޅަންޖެހޭނީ ސެޕްޓެމްބަރު މަހުގެ ހަތްވަަނަ ދުވަހުއެވެ.

އަދި އަމިއްލަ ތަކެތީގައި ލޯކަލް މާރުކޭޓު އަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 18 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު 25 ވަނަ ދުވަހު އަގު ހުށަހެޅުމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

ގަޑި ޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެ ކަމަށާއި، މައުލޫމާތު ސާފުކުރެއްވުމަށް ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަންވެސް ސިޓީކައުންސިލުން ބުނެފައިވެއެވެ.

އަލަށް އިންތިހާބުވި މާލެ ސިޓީ ކައުންސިލާއެކު ކައުންސިލްގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖައްސާލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!