ޚަބަރު
ކޮވިޑް ވެކްސިންގެ ބޮޑު ކެމްޕެެއިނަށް އެއްބާރުލުންދީ : އެޗްއީއޯސީ

އާބާދީގެ 90 ޕަސެންޓަށް ކޮވިޑް ދިފާއު ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކި އެންމެން އެއްބާރުލުން ދިނުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެދިއްޖެ އެވެ.

ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކޮށްދީ، ހޮސްޕިޓަލުގައި އެޑްމިޓުކޮށްދޭ މީހުންގެ އަދަދު މަދުވެގެން ދާނެ ކަމަށާއި، މިކަން ކޮވިޑުގެ އެންމެ ފަހު ރާޅުގައި ވަރަށް ރަނގަޅަށް ސާބިތުވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ބަލީގައި ރާއްޖެ އަށް އެންމެ ފަހުން އައި ބޮޑު ރާޅުގައި މަރުވި 80 ޕަސެންޓް މީހުން ވެކްސިން ނުޖަހާ މީހުން ކަން ޑރ.ނަޒްލާ ފާހަގަކޮށްލެއްވިއެވެ.

އަންނަ ހޮނިހިރު ދުވަހު މި ފަށާ ޕްރޮގްރާމަށް އާންމުންގެ ވަރަށް ބޮޑު އެއްބާރު ލުމެއް ބޭނުންވާ ކަން ޑރ.ނަޒްލާ ފާހަގަ ކުރެއްވިއެވެ.

“މިއީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަށް އަމާޒު ހިފާ ފުރަތަމަ ފަހަރު. މި އަމާޒަށް ވާސިލްވުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާނެ. ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ހުރި ނަމަ އަވަހަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖައްސަވަންވީ،” – ޑރ. ނަޒްލާ

ވެކްސިން ޖެހޭ އާބާދީގެ 300،000 އަށްވުރެ ގިނަ މީހުން ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، 50 ޕަސެންޓަށްވުރެ ގިނަ މީހުން ދެ ޑޯޒު ފުރިހަމަކޮށްފައި ވެ އެވެ. އެއްވެސް ޑޯޒެއް ނުޖަހާ ތިބީ 27 ޕަސެންޓް މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!