ޚަބަރު
ހުޅުމާލެ ނެރުމައްޗަށް ޖާބިރުގެ ޔޮޓް އުރިއްޖެ

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ހުޅުމާލެ ނެރުމައްޗަށް މިއަދު އުރިއްޖެއެވެ.

މަންޒަރު ދުށް ފަރާތަކުން “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ބުނި ގޮތުގައި ޖާބިރުގެ ޔޮޓް ހުޅުމާލެ ނެރުމައްޗަށް އުރިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި، އެވަގުތު ޔޮޓުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑިއާރުޕީ) ގެ ލީޑަރު ކަންވެސް ކުރައްވާ ޖާބިރު އިންނެވި ކަމަށެވެ.

ދިގުމިނުގައި ފަސް ދޮޅަހަކަށް ފޫޓު ހުންނަ މި ޔޮޓް ހުޅުމާލޭ ނެރުގެ ކަނާއަތް ފަރާތަށް އުރިފައިވާ އިރު އެ ޔޮޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެ ޔޮޓް ހުޅުމާލޭ ފަޅަށް ވަންނަން ދިޔައީ ތިލަފުށީގައި މަރާމާތު ކުރުމަށް ފަހުއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ވެސް އަދި ނުލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!