ޚަބަރު
ވާދަވެރިކަންބޮޑު އެމްޑީޕީގެ ޕްރައިމަރީ ވޯޓުލުން ކުރިއަށްދަނީ

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓިގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. މިއީ އެމްޑީޕީގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީ އެވެ.

މި ޕްރައިމަރީގެ ވޯޓުލުން ފަށާފައި ވަނީ ހެނދުނު 9:00 ގަ އެވެ. ވޯޓުލުން ހަވީރު 5 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.

މި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި މާލެއާއި އަތޮޅުތަކުގައި ބަހައްޓާފައިވެ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އަތޮޅު ތެރޭގައި 194 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. ޕާޓީން ޢާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް މި އިންތިޚާބުގައި ވޯޓު ލެވޭނެ އެވެ. އެ ޕާޓީގެ ދަފުތަރުގައި އެންމެ ގިނައީ އައްޑޫ މީހުންނެވެ.  ދެވަނަ އަށް އެންމެ ގިނައީ މާލޭ މީހުންނެވެ.

އެކި މައްސަލަތަކާ ގުޅިގެން ބައެއް ދާއިރާތަކުގެ ވޯޓުލުން އަދި ނުފަށްޓައެވެ. އޭގެ ތެރޭގައި އެއް ފޮއްޓަކަށް ދެ ވޯޓާސް ލިސްޓް ކަނޑައަޅާފައި އޮތް އޮތުމާއި، އަދި ތަފާތު ދެ ދާއިރާގެ މީހުން އެއް ފޮއްޓަކަށް ވޯޓުލުމަކީ ވެސް މައްސަލައަކަށް ވަނީ ވެފައެވެ. އެގޮތުން މާލޭގައި ތިބޭ ރ. އަލިފުށީގެ މީހުންނާއި ރ. ދުވާފަރުގެ މީހުން އެއް ފޮއްޓަކަށް ވޯޓުލާން ނިންމާފައި ވާތީ މައްސަލަ ވަނީ ހޫނުވެފައެވެ. ވ. ފުލިދު އާއި ފެލިދޫގައި ވޯޓުލުން ނުފެށި ދިގުލައިގެން ދިޔައީ ދެ ރަށުގެ ވޯޓު ފޮށި އޮޅިގެން ކަމަށް އޮފިޝަލުން މައުލޫމާތު ދެމުން ބުނިގޮތުގައި ފުލިދޫގެ ފޮށި ގެންދެވިފައި ހުރީ ފެލިދު އަށެވެ. އަދި މިކަން ހައްލުވުމުން ވޯޓުލާން ފަށާނޭކަމަށްވެސް ހާމަކުރިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ވެރިކަމުގެ ވާދަވެރިކަމާ ހެދި އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑު ކޯޅުންތަކެއް ހިނގަން ފަށާފައެވެ. ޕްރައިމަރީން ބަލިވެއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ނުހުންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރަައީސް ވިދާޅުވެފައި ވަނީ ނަޝީދާއެކު ހުންނަވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!