ޚަބަރު
ރައީސް ނަޝީދު ބޮޑުތަފާތަކުން ބަލިކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު އަށް

މިއަދު ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވައިފިއެވެ.

މިހާތަނަށް ގުނި ވޯޓް ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް ވަނީ 21،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިފައެވެ. އަދި ރައީސް ނަޝީދަށް މިހާތަނަށް ލިބިވަޑައިގެންނެވީ 13,600 ވޯޓެވެ.

ރައީސް ސޯލިހު، އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރައްވާފައިވާ އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ވޯޓު ގަޑުބަޑު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނަޝީދު ވަނީ މިއަދު ތުހުމަތު ކުރައްވައި ފައެވެ.
ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށާފައިވާ އިރު، މިހާރު ވަނީ ގިނަ ވޯޓް ފޮށިތައް ގުނައި ނަތީޖާ އިޢުލާން ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!