ޚަބަރު
ދިޔަމިގިލީ 15އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

ތ. ދިޔަމިގިލި، އާޤިސާމަންޒިލް، ޒީކް ބިންތި މުޙައްމަދު ރިޔާޒު (15އ) ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

2023 ޖެނުއަރީ 25 ވަނަ ދުވަހު 17:00 އެހައިކަށްހާއިރު ގެއިން ބޭރަށް ދިޔަ ގޮތަށް ގެއަށް އެނބުރި އައިސްފައި ނުވާތީ، އެކުއްޖާގެ އާއިލާއިން ކުއްޖާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ 18:17 އެހައިކަންހާއިރު އެވެ.

ޒީކް ބިންތި މުޙައްމަދު ރިޔާޒު މިހާރު ދިރިއުޅެމުން ދަނީ ކ. މާލެ، ގ. ތޯނީއައްސޭރި ގޭގައި ކަމާއި، އެންމެ ފަހުން ފެނުނު އިރު ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެން ޖިންސެއް ލައިގެން ކަމަށް އެ ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

ޒީކް ބިންތި މުޙައްމަދު ރިޔާޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދި ފުލުހުންނާއި އާއިލާއިންވެސް ވަނީ އިލްތިމާާސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!