ޚަބަރު
ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު ޑިންގީބުރަފައްޗެއްގައި ޖެހި މަރުވެއްޖެ

ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މިއަދު މަރުވެއްޖެ އެވެ. ފަތުރުވެރިޔާ މަރުވި ކަމަށް ވަނީ ޑިންގީއެއްގެ ބުރަފަތީގައި ޖެހިފައެވެ.

ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ މި ހާދިސާ އާ ބެހޭ ގޮތުން ވިދާޅުވީ, އެ ހާދިސާ ހިނގީ އެރަށު ކަނޑުއޮޅި ކައިރިއަށް ފަތުރުވެރިއާ ސްނޯކްލިއަންއަށް ގޮސް އުޅުމުގެ ތެރޭގައި ނެރުން ބޭރު ތަންކޮޅަކަށް ދިޔަ ވަގުތާ އެ ސަރަހައްދުން ޑިންގީއެއް ދަތުރުކުރި ވަގުތާ ދިމާވެ، ޑިންގީގެ ބުރަފަތީގައި ޖެހިގެން ކަމަށެވެ. އަސްލަމް މޫސާ ވިދާޅުވި ގޮތުގައި އެ ކަނޑުއޮޅިއަކީ އާންމުކޮށް ފަތުރުވެރިން ސްނޯކްލިއަންއަށް ގޮސް އުޅޭ ސަރަހައްދެކެވެ.

ސިއްހީ މަރުކަޒަށް ގެނައިއިރުވެސް އެ ފަތުރުވެރިޔާ އޮތީ މަރުވެފައި ކަން ޔަގީންކޮށް ދެއްވަމުން ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، މަރުވި ފަތުރުވެރިއާގެ އަތެއްވެސް ނެތް ކަމަށާއި މީހާގެ ހަށިގަނޑުގެ އެކި ތަންތަނުން ކަފައިގެން ގޮސް, ގޮހޮރުގެ ބައެއްވެސް މަދު ކަމަށެވެ.

ތުލުސްދޫ ކައުންސިލުގެ ރައީސް ވިދާޅުވީ މަރުވީ ފިރިހެނެއް ކަމަށާއި ނަމަވެސް އޭނާއަކީ ކޮން އުމުރެއްގެ އަދި ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގޭ ކަމަށެވެ. އަދިވެސް އަސްލަމް ވިދާޅުވ ގޮތުގައި މި މީހާ ތުލުސްދޫއަށް އައީ ކޮންއިރަކު، ކޮން ދަތުރެއްގައިކަން ނޭނގޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!