ހުވަދޫ އަތޮޅުގެ މަޝްހޫރު ޒުންބާ އިންސްޓަކްޓަރ ނަބާހަތު ލަތީފް (ނަބަާ)ގެ ފެބް އެން ފިޓް ސްޓޫޑިއޯ ގެ ކަސްރަތު ކްލާސްތައް ތިނަދޫގައި އަލުން ފަށައިފިއެވެ
ތިނަދޫ އިން ކޮވިޑް 19 ގެ ކޭސްތަކެއް ފެނި ފާއިތުވި 3 މަސް ވަންދެން ލޮކްޑައުން ކުރުމާ އީ ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު ފެބް އެން ފިޓް ގެ ކްލާސްތައް ފަށާފައި ވަނީ އިއްޔެއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން ނަބާ ބުނީ ކުރިން ހިންގި ކްލާސް ތަކުގެ އިތުރުން ޒުމްބާ ސްޓެޕް އަދި ކުޑަކުދިންގެ ސެޝަން މިފާރު ހިމަނާފައި ވާނެކަމަށާ ކުޑަކުދިންގެ ކްލާސްތައް ކުރިޔަށް ގެންދާނީ ހަވީރު ކަމަށެވެ.
ނަބާގެ ފެބް އެން ފިޓް ސްޓޫޑިއޯ މިހާރު ހިންގާ ގްރޫޕް ކްލާސް ތަކުގެ ތެރޭގައި ޒުމްބާ ، ސްޓްރޯންގ ނޭޝަން، ފެޓް ބާން އަދި ފިޓް މިކްސް ހިމެނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ތިނަދޫ ގެ ކުޅިވަރު ދަނޑު ތަކާއި ކޮމިއުނިޓީ ސެންޓަރާއި ދުވާ ޓްރަކް އަދި ކަސްރަތު ކްލާސްތައް ބަންދު ކުރުމަށް ފަހު މިހާރު ހުރިހާތަނެއްހެން ވަނީ ހުޅުވާލާފައެވެ.