ޚަބަރު
ތިންއަހަރު ފަހުން ދާންދޫގެ ނެރުބައްތި ހަރުކޮށްފި

ގއ ދާންދޫ ނެރުބައްތި ނުދިއްލޭތާ ތިން އަހަރު ފަހުން އެރަށުގެ ނެރުބައްތި ބަދަލުކޮށް ދިއްލޭ ގޮތް ހަދައިފިއެވެ.

ގއ ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް “ހުވަދޫ ނިއުސް” އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށުގެ ނެރުބައްތި ނުދިއްލޭތާ 3 އަހަރު ވެފައިވާއިރު އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކުގެ ގިނަ ޝަކުވާތަކެއް އަބަދުވެސް ލިބެމުންދާ ކަމަށެވެ.

އެކަމުގެ ހައްލެއް ހޯދުމުގެ ގޮތުން ކައުންސިލުން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިގެން ނެރުބައްތިތައް މިކޮޅަށް ލިބުނީމަ މިހާރު މިވަނީ ބައްތިތައް ހަރުކުރެވި ދިއްލޭނެ ގޮތް ހަދާފަ: ގއ.ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް

އެރަށުގެ ނެރުގައި 4 ބައްތި ހުންނައިރު އާސިފް ވިދާޅުވިގޮތުގައި އެތަނުން ފެހި ކުލައިގެ ދެ ނެރުބައްތި ނުދިއްލޭތާ 3 އަހަރު ވެފައިވާއިރު އަނެއް ދެބައްތިވެސް ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އާސިފް އިތުރަށް ވިދާޅުވީ، ބައްތި ހަރުކުރުމުގައި އެރަށުގެ ރައްޔިތުންގެ އެއްބާރުލުން ލިބިފައިވާ ކަމަށާއި، އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!