ޚަބަރު
އެސެންޝިއަލް އޮއިލްބައްތިއެއް ތައްޔާރުކޮށްލަމާ

އަގުބޮޑު ކޮށް އެރޯމާ ތެރަޕީގެ އުއްބައްތި ގަނެގެން ބޭނުން ކުރާނަމަ އަވަހަށް އެ އާދަ ދޫކޮށްލާށެވެ. ގޭގައި ނުލާހިކު ފަސޭހަ ކަމާއެކު، މާގިނަ ހަރަދު ތަކަކާ ނުލައި އުއްބައްތި ތައްޔާރު ކުރެވިދާނެ އެވެ. ތިޔަ ބޮޑު އަގު ދީފަ ގަނެގެން އަންނަ އުއްބައްތިން ދުވާ ވަހަށްވުރެން މާބޮޑަށްވެސް މީރުވަސް ދުވާ ގޮތަށް މި އުއްބައްތި ތައްޔާރު ކުރެވިދާނެއެވެ.

ބިއްލޫރި ފުޅިއެއް
ކޮށާފައި ހުރި ލުނބޯ ފޮތިތަކެއް (ބޭނުމިއްޔާ ފިނިފެންމަލުގެ ފިޔަ، މީރުވަސް ދުވާ ފާޑުފާޑުގެ ބާވަތްތައް، އޮރެންޖު، އާފަލު..)
ހަކުރު ޖޯޑެއް
ސާފު ކޮލޯން
ލެވެންޑާރ ފޮދެއް
ކައްކާ ތެޔޮ
ކަރަންފޫ/ ފޮނިތޮށި
ކުޑަ ޕްލާސްޓިކް ފޮއްޗެއްގައި ލޯވަޅެއް ކަޑާފައި އެތަނަށް ފީތާ އެއް ލައްވާފައި،

ބިއްލޫރި ފުޅިއަށް ހަކުރު ޖޯޑު އަޅާށެވެ. ހަކުރުގެ ތެރެއަށް ކޮށާފައި ހުރި ލުނބޯ ފޮތިތައް އެޅުމަށްފަހު، މެދާ ހަމައަށް ސާފު ފެން އަޅާށެވެ. އަދި ކުޑަކުޑަ ދެތިންތިކި ކޮލޯން، ލެވެންޑާ ހަތަރުފަސް ތިކި ޖެއްސުމަށްފަހު ދިހަ ވަރަކަށް ކަރަންފޫ، ފޮނިތޮށިގަނޑެއް ލުމަށްފަހު ކައްކާތެޔޮ މައްޗަށް ފެނުން މައްޗަށް އަޅާށެވެ. އަދި ޕްލާސްޓިކު ކޮޅުގައި ހުރި ފީތާކޮޅު ތެމޭނެހެން ތެލުން ތެންމަން މަތީގައި ޕްލާސްޓިކް ކޮޅު ބާއްވާށެވެ. އަދި ފީތާގެ ތިރީބައި ތެލުން ތެމުމުން އަލިފާން ދަޑި ދުރުގައި ހުރެ އަޅާއިގެން ގެނެސް ރޯކޮށްލާށެވެ. ޔަގީނުންވެސް މިއުއްބައްތި އަވަހަށް ނުނިވޭނެއެވެ. އަދި ދުވާ ހިތްގައިމު ވަހާ އެއްވަރަށް މަދިރިފަދަ ސޫފިތަކުންވެސް ސަލާމަތްކަން ލިބޭނެއެވެ. ކުދިން އުޅޭނަމަ އަތްނުފޯރާ ތަނެއްގައި އަދި މީހެއްގަައި އަޅާއިނުގަންނަފަދަ ތެޅިގެން ނުވެއްޓޭފަދަ އަމާން ގޮތަކަށް ރަނގަޅު ތަނެއްގައި ބަހައްޓާށެވެ. އަލިފާނުގެ ކޮންމެ އެއްޗަކަށްވެސް މިސަމާލުކަން ދޭންވާނެއެވެ.
އަޅެ އަޖުމަ ބަލައިލަން ތައްޔާރުކޮށްލަމާ ބަހީ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!