ޚަބަރު
ސީއެސްއެމް އިން ކެންސަރުދުވަސް ފާހަގަ ކުރުމަށް ހުޅުމާލޭގައި ހާއްސަ އިވެންޓެއް
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ، ކެންސަރު ބައްޔާ ގުޅޭގޮތުން މައުލޫމާތު ދީ، ކުޑަކުދިންނަށް ބައިވެރިވެވޭ ހަރަކާތްތަކަކާއެކު، މިއަދާއި މިރޭ ހުޅުމާލޭގައި އިވެންޓެއް ކުރިއަށް ގެންދިއުމަށް އެސޮސައިޓީއިން ވަނީ ހަމަޖައްސާފައެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ކެންސަރު ދުވަހަށް ހާއްސަ މި އިވެންޓް އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.

އިވެންޓްގައި މައިގަނޑު ގޮތެއްގައި އޮންނާނީ ކެންސަރާ ގުޅޭ އެކި މައުލޫއުތަކާ ބެހޭގޮތުން ވާހަކަދައްކައި މައުލޫމާތު ދިނުމާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކެވެ. އެގޮތުން އުރަމަތީގެ ކެންސަރު އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާ ގުޅޭ މައުލޫމާތު ދިނުމާއި ކެއުމާއި ދުންފަތާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ކެންސަރާ ގުޅޭގޮތުން މިހާރު ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތު ވެސް ދޭނެއެވެ. އަދި ބައެއް މީހުން އެ މީހުންގެ ކެންސަރުގެ ތަޖުރިބާތައް ކިޔައިދިނުން ވެސް އޮންނާނެއެވެ.

ކުރެހުމުގެ މައުރަޒަކާއި އާޓްގެ ހަރަކާތްތަކެއް ވެސް ހިމެނޭ މި އިވެންޓްގައި ކުޑަކުދިންނަށް ހާއްސަ ކަންކަން ވެސް ހިމެނެ އެވެ. އެގޮތުން، ކުޑަކުދިން ގަޔާވާ ކަހަލަ ކަންކަން ކަމުގައިވާ ޕޯސްޓަރު ހެދުން، ޕަޒްލް ޕެއިންޓިން އަދި ސްނޭކް އެންޑް ލެޑާ އަދި ‘ޓިކް ޓެކް ޓޯ’ ފަދަ ގޭމްތައް ކުޅުވޭނެ އެވެ.

ރާއްޖޭގައި ކެންސަރު ޖެހުން މަދު ކުރުމާއި ކެންސަރުގެ އަސަރުތައް ކުޑަކުރުމަށް މަސައްކަތް ކުރާ ކެންސާ ސޮސައިޓީން އަންނަނީ، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ކެންސަރު ބަލި ތަހައްމަލް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 190 އަށް ވުރެ ގިނަ މެންބަރުންނާއެކު ހިންގާ މި ޖަމްއިއްޔާގެ ހިދުމަތްތަކުގެ ތެރޭގައި، އެންމެ ފާހަގަ ކޮށްލެވޭ އެއް ހިދުމަތަކީ ހަތް އަހަރު ކުރިން އުފެއްދި ކެންސާ ސަޕޯޓް ގުރޫޕެވެެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!