ޚަބަރު
މެމްބަރު ޝަމްއާ ދަރިފުޅު ގޮވައިގެން އޮފީހަށް ނުކުންނެވުން؛ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނޫސްބަޔާނެއް ރޭގައި ނެރެފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހިމަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދީ، އެދިފައިވާ ޗުއްޓީތައް ދީފައިވާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ޝަމްއާ، ދެމަހުގެ ތުއްތު ދަރިފުޅު ގޮވައިގެން އޮފީހަށް ނުކުންނެވުމާއެކު މިވާހަކަ އެކި ސިފަތަކުގައި ވަނީ ސޯޝަލްމީޑިޔާގެ އެކިދިމާތަކުގައި އާންމުވެފައެވެ. އެހެންކަމުން ޝަމްއާގެ މައްސަލައިގައި ސޯޝަލްމީޑިޔާގައާއި އަދިވެސް އެހެެނިހެން ގޮތްތަކުންވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި، އެއިދާރާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓްރައިބިއުނަލްގެ މެންބަރުންނަކީ ސިވިލް ސާވަންޓުން ނޫން ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބައެއް ކަމުން ސިވިލް ސާވެންޓުންނަށް ދޭ ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް، ޓްރައިބިއުނަލްގެ މެންބަރުންނަށް ނުލިބޭނެ ކަމަށެވެ.

ވިހެއުމުން ދޭ ޗުއްޓީގެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހިމް، ވިހެއުމަށް ފަހު ދޭ ދެ މަސް ދުވަހުގެ ޗުއްޓީ އެ އިދާރާއިން އިތުރުކޮށް ނުދިން ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްގައި ވަޒީފާގައި ދިމާވާ މައްސަލަތައް ހައްލުކުރަން ތިބި ޓްރައިބިއުނަލުންނަށް އެ ހައްގު ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށާއި ހަ މަސް ދުވަހަށް ޗުއްޓީ އިތުރުކޮށްދެން އެދުމުން އެކަމަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށް ހާމަކުރައްވައި، އެގޮތަށް ޗުއްޓީ އިތުރުނުވެ ވަޒީފާއަށް ނުކުތުމަށް ހަމަޖެހިފަައި އޮތް ދުވަހު، މިފެބްރުއަރީ 3 ވީ ބުރާސްފަތި ދުވަހު ޝަމްއާ އޮފީހަށް ނުކުންނެވީ ދެމަހުގެ ތުއްތު ދަރިފުޅާއެކުގައެވެ.

ޓްރައިބިއުނަލުން ބުނީ، ވަޒީފާގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ކުރިން، ޓްރައިބިއުނަލްގެ މެމްބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑެއް މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށް، 25 އޮގަސްޓް 2021 ގައި ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ އުސޫލު ފާސްކުރި އިރު ޝަމްއާ ހިމެނޭހެން ހުރިހާ މެމްބަރުން ތާއިދު ކުރެއްވި ކަމަށް ބުންޏެވެ.

ޓްރައިބިއުނަލުން ބުނީ، ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ޝަމްއާއަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދަރިފުޅު ގޮވައިގެން އޮފީހަށް ހާޒިރުވެވަޑައިގަތީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް ވިދާޅުވިޔަސް، އަހަރީ ޗުއްޓީގެ 30 ދުވަހާއި އާއިލީ ޒިންމާގެ 10 ދުވަސް ހައްގުވެ، އެއިން އެއްވެސް ޗުއްޓީއަކަށް ޝަމްއާ އެދިވަޑައިގެންފައި ނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ޝަމްއާ ވަނީ ދަރިފުޅުގެ ބައެއް ސިއްހީ މައްސަލަތައް ހުރުމުން ދެމަހުގެ ޗުއްޓީއަކުން ނުވާނެތީ އެ ޗުއްޓީ އިތުރުކުރަން އެދިވަޑައިގެންފައެވެ. ޓްރިބިއުނަލުން ބުނީ، މެޓާނިޓީ ލީވް އިތުރުކުރަން އެދިވަޑައިގެންނެވި ނަމަވެސް، އެ މުއްދަތު އިތުރުކުރުމުގެ ބާރެއް ޓްރައިބިއުނަލްގެ ރައީސަށް ލިބިވަޑައެއް ނުގަންނަވާ ކަމަށެވެ. ނަމަވެސް ދިމާވާ ކަންތައްތަކާ ގުޅިގެން އުސޫލުގެ ތެރެއިން ހާޒިރީއާ ގުޅިގެން ދެވެން ހުރި ލުއިތައް ދެވޭނެކަން ޝަމްއާ އަށް އަންގާފައިވާނެ ކަމަށެވެ. އެހެންނަމަވެސް ޝަމްއާ މިއިން އެއްވެސް ލުޔަކަށް ނޭދޭކަމަށް ވެސް އެބަޔާނުގައި ހާމަކޮށްފައި ވެއެވެ.

ޓްރައިބިއުނަލުން ބުނީ، އެ އިދާރާގައި ތުއްތުކުދިން ގެންގުޅުމަށް އެއްވެސް ވަރަކަށް އެކަށީގެންވާ މާހައުލެއް މިވަގުތު ނެތުމުން އެއްވެސް މެމްބަރަކު އަދި މުވައްޒަފަކު ވެސް ރަސްމީ ގަޑީގައި އޮފީހުގައި ބައިތިއްބާ ގޮތަށް ތުއްތުކުދިން އޮފީހަށް ނުގެންދިއުމަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.

ޓްރައިބިއުނަލުން އަމަލުކޮށްފައިވާ ގޮތާ ހިލާފަަށް، ޝަމްއާ ނޫސްތަކަށް ދީފައިވާ ބަޔާންތަކުން ލިޔެހާމަކުރެވިފައިވާ ވާހަކަތަކާމެދު ޓްރައިބިއުނަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!