ޚަބަރު
ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ

އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އދ. ކުނބުރުދޫ، ފެހިގެ، އަޙްމަދު ނައުފަލް އެވެ.

އެންމެ ފަހުން ނައުފަލްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ އުޅެމުންއައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ޖުލައި 26 ވަނަ ދުވަހުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވާކަމަށް އާއިލާ ވަނީ ބުނެފައެވެ.

އަޙްމަދު ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.