ޚަބަރު
އުރީދޫ އަތޮޅު ދުވުމުގައި ރެޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހަވީރުގެ ނިޔަލަށް

އުރީދޫ އަތޮޅު ދުވުމުގައި ރެޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލައި 31 ޖުލައި 2021 ގެ ހަވީރު 6:00 އާއި ހަމަޔަށް އިތުރު ކޮށްފިއެވެ.

އުރީދޫއިން ބުނީ ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލީ އަތޮޅު ދުވުމުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ ކަމަށެވެ.

އުރީދޫ އިން މިހާރު ނިންމާފައިވާގޮތުން ރެޖިސްޓަރވުމުގެ ފުރުސަތު މާދަމާ ހަވީރު 6:00 އާއި ހަމައަށް އޮންލައިން ޕޯޓަލް: ore.do/regstr މެދުވެރިކޮށް އޮންނާނެ އެވެ. އަދި ހަމައެއާއެކު މިހާތަނަށް ދުނިވުމުގައި ބައިވެރިވާން ރެޖިސްޓްރީ ވެފައިވާ ދުވުންތެރިން ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމްގައި ވާޗުއަލް ބިބް ޝެއާކޮށްގެން އަތޮޅު ދުވުމުގެ ޓީޝާޓެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށްވެސް އުރީދޫ އިން ބުނެއެވެ. އެ މުއްދަތު ހަމަވާނީ 31 ޖުލައި 2021 ގެ މެންދަމު 12 ގައި އެވެ.

ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، އެކެއް އޯގަސްޓް އާއި ހަތެއް އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެއެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. މި ވާޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!