ކޮންމެ މީހަކީ ވެސް އެހެން މީހުންގެ ކުރިމަތީގައި ސްމާރޓް މީހަކަށް ވާން ބޭނުން ވާނެ މީހެކެވެ. އެގޮތުން ބައެއްފަހަރު ސްމާޓްވުމަށް ކުރެވޭ މަސައްކަތްތަކުން ނުވަތަ ބުނުވޭ ބަހަކުން ލަނޑުވެސް ލިބިފައި ހުރެއެވެ. ސަބަބަކަށް ވެގެން ދަނީ ކުރެވޭ ކަމަކީ އެންމެ އެދެވިގެންވާ ކަމަކަށް ނުވުމެވެ.
އެގޮތުން އެމެރިކާގެ ޔުނިވާރސިޓީ އަކުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ތިރީގައިވާ ފަސް ކަމަކީ އެހެން މީހުންގެ ނަޒަރުގައި ތިމާ އަކީ ސްމާރޓް މީހެއްކަން ދެއްކޭން ބައެއް ކަންތައްތަކެކެވެ. އެހެން ކަމުން ތިމާ އަކީ ސްމާޓް މީހަކަށް ވާން ބޭނުންވަނީ ކަމުގައި ވަނީނަމަ އަޖުމަ ބަލާލުމަށް ވެސް މި 5 ކަންތައް ކޮށްލުން ބުއްދިވެރިއެވެ.
ވާހަކަ މަދުކޮށް އެހެން މީހުންގެ ވާހަކަ އަޑު އެހުން
މިހާރަކަށް އައިސް ކޮފީ ތަކަށް އަރާވެސް ވަރަށް ގިނަ ވާހަކަތައް ދެކެވެއެވެ. ދިރިއުޅުމުގެ ވާހަކަތާކައި އެހެނިހެން ދުނިޔަވީ ވާހަކަތަކެވެ. އަދި ކޮފީ މޭޒުގައި ދެކެވޭ ވާހަކަ ތަކުގެ 90 ޕަސެންޓަކީ ބޭކާރު ވާހަކަ ތަކެވެ. އެހެންކަމުން އަނެކާ ކުރިމަތީގައި ތިމާ އަކީ ސްމާޓް މީހެއް ކަމުގައި ދެކެން ބޭނުންނަމަ ވާހަކަ މަދުކޮށް އެހެން މީހުންގެ ދައްކާ ވާހަކަތަކަށް ސަމާލުކަންދީ އަޑު އެހުމުން ފުދޭވަރެއްގެ ރަނގަޅު ނަތީއްޖާއެއް ނެރެވޭނެވެ.
ހަތަރު ކަޅި ހަމަކުރުން
ޒާމާނަށް އަންނަ ބަދަލު ތަކާއި އެކު ގިނަ ބައެއްގެ ކަޅި ހުއްޓިފައި އޮންނަނީ ގެންގުޅޭ ސްމާރޓް ފޯނަށެވެ. ޖެހިގެން އިންނަ މީހާ ވާހަކަ ދައްކާއިރު ފޯނާއި ކުޅެމުން ޖަވާބު ދީ، ބޯ ޖަހާލުމަކީ އުސޫލެއްގެ ގޮތުން ބަލާނަމަވެސް އަދަބާއި ޚިލާފު ކަމެކެވެ. އެކަކު އަނެކަކާއި ވާހަކަ ދައްކާއިރު ހަތަރު ކަޅި ހަމަ ކޮށްގެން ވާހަކަ ދެއްކުމުން ވާހަކައިގެ ޝައުގުވެރިކަން އިތުރު ވެގެންދާ ކަމަށް މި ދިރާސާއިން ދައްކައެވެ. މީގެ އިތުރުން ހަތަރު ކަޅި ހަމަކޮށްގެން ވާހަކަ ދެއްކުމަކީ ދެމީހުން ގެ ދޭތެރޭގައި އިތުބާރު ހިފޭކަމެކެވެ. އަދި މިކަމުން ތިމާއަކީ ”ސްމާޓް“ އަދި އަމިއްލަ ނަފްސަށް އިތުބާރު އޮތް މީހެއްގެ ގޮތުގައި ސިފަވެގެން ދާނެވެ.
މިސާލު ނަގައިގެން ވާހަކަ ދެއްކުން
ސްކޫލް ދައުރުގައި ކިޔެވި އެއްޗިސް މިހާރު ހަނދާން ހުންނާނީ މަދު ބައެކެވެ. ދުނިޔޭގައި ހިނގާފައި ހުންނަ ކަންތައްތަކަށް ބަލާއި ދިރާސާ ކޮށް މައުލޫމާތު ހޯދުމަކީ ދުނިޔޭ ނަން މަޝްހޫރު ”ސްމާޓް“ ކަމައް ބުނާ ބޭބޭފުޅުން ކޮށްއުޅޭ ކަމެކެވެ.
އެމީހުންގެ ވާހަކައިގައި ތާރީޚް ތެރެއިން މިސާލު ނެގުމާއި، ދިރާސާތަކުން މިސާލު ނެގުމަކީ އާންމުކޮށް ކުރާ ކަމެކެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން އެ ވާހަކަ އަޑުއަހަން އިންނަ މީހަކަށް އެ ވާހަކަތައް ގަބޫލު ކުރަން ފަސޭހަވެގެން ދެއެވެ. މައުލޫމާތު މުއްސަނދި މީހެއްދެކެ ގަޔާ ނުވާނެ މީހުން މަދެއްވެސް ނުވާނެވެ. އެހެން ކަމުން ލިބޭ ހުސްވަގުތުގައި މައުލޫމާތު މުއްސަނދި ކުރުން އެއީ ސްމާޓް މީހަކަށް ވުމަށް ކުރަން އެއްވަނައިގެ ކަމެކެވެ.
ރަތް ކުލައިގެ ހެދުން ބޭނުން ކުރުން
މި ކަމަކީ މަޖާ ކަމަށް ވެދާނެވެ. އެހެން ނަމަވެސް ވަރަށް ވެސް ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް، އެހެން މީހުންގެ ފުރަތަމަ ނަޒަރުން ތިމާ ބަޔާން ކޮށްދޭނީ ލައިގެން ހުންނަ ހެދުމައި، ގައިން ދުވާ ސެންޓު ވަހަށެވެ. ސްމާޓް މީހަކަށް ވުމަށް އެމީހާގެ ލޫކްސް އެއީ ވަރަށް މުހިއްމު އެއްޗެކެވެ. އެގޮތުން ސްމާޓް މީހެއްކަން ދެއްކުމަށް ލައިގެން ހުންނަ ހެދުމުގައި ނުވަތަ ގަމީހުގައި ރަތް ކުލަ ހިމެނުން އެއީ މަޖްބޫރު ކަމެއްގެ ގޮތުގައި މި ދިރަސާއިން ދައްކައެވެ.
ރަތް ކުލައަކީ އިންސާނާގެ ލޯ ވަރަށް އަވަހަށް އަޅައިގަންނަ ކުލަޔަކަށް ވެފަ އެމީހާ ގެ ޝަޚްސިއްޔަތު ވަރުގަދަ ކަން އަންގައިދޭ ކުލައެކެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ބަލާލަން އެންމެ ރަނގަޅު އެއްޗަކީ ގައުމު ތަކުގެ ދިދަ އެވެ.
ގައިގައި މީރުވަސް ދުވުން
ކޮންމެ މީހަކަސް، އެމީހެއްގެ ގައިން މީރުވަސް ދުވާނަމަ އެމީހެއްގެ ކައިރީގައި ހުންނަން އުނދަގުލެއް ނުވާނެވެ. ސްމާޓް މީހުންނަކީ ގައިން މީރުވަސްދުވާ ބައެއް ކަމުގައި މި ދިރާސާއިން ވެސް އެނގިގެން ދެއެވެ. މިހެން ވުމުން، ތިމާ ގައިން މީރުވަސް ދުވުން އެއީ ވަރަށް ވެސް މުހިއްމު ކަމެކެވެ.