ޚަބަރު
ތިނަދޫ ފްލެޓް ތަކުގެ ގުރުއަތުލުން އަންނަ ހަފްތާ ބާއްވަނީ

ގދ. ތިނަދޫގައި އަޅާފައިވާ ފްލެޓް ތަކުގެ ތެރެއިން ޙަވާލު ނުވެ ހުރި ފްލެޓްތައް ޙަވާލު ކުރުމަށް ބާއްވާ ގުރުއަތުލުން އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބާއްވަން ނިންމާފައިވާކަމުގައި ތިނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ ތިނަދޫގައި އަޅާފައިވާ 120 ފްލެޓްގެ ތެރެއިން ޙަވާލު ނުކޮށް ބާކީ ހުރީ 15 ފްލެޓް ހަވާލުކުރުމަށް އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ގުރުއަތުލުން ކުރިޔަށް ދާނެކަމަށެވެ.

މި 15 ފްލެޓްގެ ތެރެއިން 14 ފްލެޓް ލިބިގެންދާނީ ޕޮއިންޓް އުސޫލަށް ބަލައި ފްލެޓް ލިބިފައިވާ 14 ފަރާތަށެވެ. އަދި ލިބޭ ފްލެޓް ކަނޑައެޅިގެންދާނީ މި 14 ފާރާތުގެ މެދުގައި ކުރިޔަށް ގެންދެވޭ ގުރުއަތަކުންނެވެ. 15 ފްލެޓްގެ ތެރެއިން ބާކީ ހުރި 1 ފްލެޓް ލިބޭފަރާތް ކަނޑައެޅިގެންދާނީ 34 ފަރާތެއްގެ މެދުގައި ކުރިޔަށް ގެންދެވޭ ގުރުއަތަކުންނެވެ.

ތިނަދޫ ގައި ޗައިނާ ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން އަޅާފައިވާ 120ގެ ތެރެއިން 105 ފްލެޓްވަނީ އޭގެ ވެރި ފަރާތްތަކާ ޙަވާލު ކޮށްފައެވެ. އަދި ބާކީ ޙަވާލުނުކުރެވި ހުރި 15 ފްލެޓަށް 310 ފަރާތަކުން ވަނީ ތިނަދޫ ކައުންސިލަށް ފޯމު ހުށަހަޅާފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!