ޚަބަރު
ތިނަދޫ އިން މިއަދު ފައްސިވި މީހުންގެ ތެރޭގައި ރޭންޑަމް ސާމްޕަލެއް!

ގދ.ތިނަދޫ އިން ކޮވިޑް19 އަށް މިއަދު ފައްސިވި މީހުންގެ ތެރޭގައި ރޭންޑަމް ސާމްޕަލެއް ފައްސިވެފައިވާ ކަމަށް “ހުވަދޫ ނިއުސް” އަށް ކަށަވަރު ވެއްޖެއެވެ.

“ހުވަދޫ ނިއުސް” އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ތިނަދޫ އިން ކޮވިޑް19 އަށް ފައްސިވި 4 މީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލެއް ހިމެނިފައިވާއިރު، އެފަރާތަކީ ބަލީގެ އަލާމަތް ފެނިގެން، ތިނަދޫ ގައި ހުންނަ ފްލޫ ކްލިނިކަށް ދައްކާފައިވާ ފަރާތެކެވެ.

ނަމަވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިރޭ ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތިނަދޫ އިން މިއަދު ފައްސިވެފައިވާ 4 ފަރާތަކީ ކޮންޓެކްޓް ޓްރޭސިންގ ގެ ތެރޭގައި ހިމެނޭ ފަރާތްތަކެއް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ، އިތުރު މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިރޭ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ތިނަދޫ އިން މިއަދު 4 މީހަކު ފައްސިވެފައިވެއެވެ. އަދި އިތުރު 3 ފަރާތެއް ވަނީ ކޮވިޑް-19 އިން ފަސޭހަވެފައި އެވެ. އެގޮތުން ތިނަދޫގެ މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 51 އެވެ.

މީގެ އިތުރުން ގދ.ނަޑެއްލާއިން 6 ފަރާތެއް ކޮވިޑް19 ފައްސިވެފައިވާއިރު، 17 ފަރާތެއްވަނީ ބަލިން ފަސޭހަވެފައެވެ. އެއާއި އެކު ނަޑެއްލާގެ މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 173އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!