ޚަބަރު
ވާދޫގައި ހިނަވާ ގެއެއް ފުރަތަމަ ފަހަރަށް އަޅަނީ

ގދ ވާދޫގައި ހިނަވާ ގެއެއް ފުރަތަމަ ފަހަރަށް އެޅުމުގެ މަސައްކަތް އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން މިއަދު ފަށައިފިއެވެ.

“ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވާދޫ ޑަބްލިއުޑީސީގެ ނާއިބު ރައީސާ އިއްފަތު ރަޝީދު ވިދާޅުވީ ވާދޫގައި އިމާރާތް ކުރުމަށް މިއަދު ބިންގާ އެޅި ހިނަވާގެ އަޅަނީ ވާދޫ ޑަބްލިއުޑީސީ އާއި ވާދޫ ކައުންސިލް ގުޅިގެން ކަމަށާއި، ކުރިއަށް އޮތް 5 މަސްދުވަސް ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމާލެވެނެ ކަމަށެވެ.

ވާދޫ ހުކުރު މިސްކިތު ގޯތި ތެރޭގައި އިމާރާތްކުރާ ހިނަވާ ގޭގެ ބިންގާ އަޅުއްވާދެއްވި ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އަދި ޑަބްލިއުޑީސީ ރައީސާ އާމިނަތު މޫސާއެވެ.

ވާދޫގައި މީގެ ކުރިން ކަށުކަމާކެމީގެ ކަންތައްތައް ކުރުމަށް ވަކި ޚާއްސަ އިމާރާތެއް ނުހުރެއެވެ. މިއަދު ބިންގާ އެޅި ހިނަވާގެ ހެދުމަށް ގާތްގަޑަކަށް 2 ލައްކައެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ވާދޫ ކައުންސިލުން މައުލޫމާތުދެއެވެ.

Comment