ރިޕޯޓް
ތަރައްޤީތޯ ނުވަތަ ޖެއްސުންތޯ؟

އަހަރެމެންނަށް މިއަދު މިފެންނަ އިސްލާމީ ޤައުމުތަކަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މުއްސަނދިކަމުގައިކުރިއަރައި ދިޔަ ޤައުމު ތަކެކެވެ. ލިބުނު ފުރިހަމަ ނިޢުމަތުގައި އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށާއިއުމްރާނީ ތަރައްޤީއަށް އެ ފައިސާއިން ޚަރަދުކޮށް މުއްސަނދިންނާއި ފަޤީރުންގެ ފަރަގު ކުޑަނުކުރުމުގެ ނަތީޖާވަރަށް ހިތިކޮށް މި ޤައުމުތަކުން މިއަދު އެ ދަނީ ފެންނަމުންނެވެ. ދާޚިލީ ހަނގުރާމަތަކާއި ނަސްލީހަނގުރާމަތަކުން އެ ޤައުމުތަކުގެ އުދަރެސް ބަނަކޮށްލުމުގެ ފައިދާ އިސްތިޢުމާރީން ނަގަމުން އެދަނީ މުޅިއިސްލާމީ އުންމަތް އެބައި މީހުންގެ ކުރިމަތީގައި ކުޑަކަކޫ ޖައްސުވާފައެވެ. އަހަރެމެންގެ މި ކުޑަކުޑަޤަޢުމުންވެސް މިއަދު މި ފެންނަނީ މާލޭގެ ސަރަޙައްދާއި ރާއްޖެތެރޭގެ ސަރަޙައްދުތަކުގައި ހުރި ތަފާތު ބޮޑުވެ،ޕޮލިސީތައް ހަދަން ތިބި ފަރާތްތަކަށްވެސް މާލެއާއި ރާއްޖެތެރޭގެ ތަފާތުތައް އެކުލެވޭހެން ޕޮލިސީތައް ހަދާދިރިއުޅުމުގެ ފަރަގާއި ދިރިހުރުމުގެ ފަރަގުވެސް މި ދެ ތަނުގައި އިންތިހާއަށް ބޮޑުކުރަމުން ދާތަނެވެ. ބިލިއަންރުފިޔާގެ ބޭކާރު ޚަރަދު މާލެއަށް ކޮށްފަ މިނިސްޓަރުންނާއި ސަރުކާރަށް ސަނާކިޔާ މީހުން އެއީ ތަރައްޤީ އޭކިޔަސް އެކުރެވެނީ އިސްރާފެވެ. 5 އަކަ ކިލޯމީޓަރުގެ ކުޑަކުޑަ ތަންކޮޅަކަށް  150,000 އަށްވުރެ ގިނަމީހުން ބަރިބަރިއަށްޖެހުން އެއީ ތަރައްޤީ ކަމަށް ސިފަކުރަންޏާ މަތިމައްޗަށް އެކި ދުވަސް ދުވަހުންބޮޑުކަމުގޮސް އޭގެ މައްޗަށް ފަޚުރުވެރިވުންވެސް ވާނީ ހަމަ ތަރައްޤީ އަށެވެ

އަކުރު އަޅައިދިނުމުން ފެށިގެންގޮސް ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތަކުގައިވެސް އިންތިހާދަރަޖައިގެ ތަފާތެވެ. އަގާއި ފެންވަރުވެސް ތަފާތެވެ. މާލެއަށް ކުރެވޭ އިސްރާފުން ބައިކުޅަބައި އަސާސީޚިދުމަތްތައް ކަމަށްވާ ސާފު ބޯފެން އަދި ރަގަޅު ފެންވަރުގެ ސިއްޚީ ޚިދުމަތްތައް މީހާ ހަފުސްނުވެ އަމިއްލައިޚްތިޔާރުގައި ލިބިގަނެވޭނެ ވަރަށް ރަށްރަށުގައި ޤާއިމްކުރުމަށް ޚަރަދުކުރިޔަސް މާލެއަށް މިހާރުފުރިހަމަކޮށް ދެވިފައިވާ މި ދެންނެވި ދެ ޚިދުމަތުން  އެންމެ ތަންފުކެއްވެސް އުނި ނުވާނެއެވެ. އޭގެ އިތުރަށްމި ޚިދުމަތް އަހަރެއްގެ ތެރޭގައި އެތައް ރަށަކަށް ދިނުމަށް މަރުކަޒީ ސަރުކާރަށް އެކަށީގެން ނުވާކަމަށްވަންޏާލާމަރުކަޒީ އުސޫލުން އެ ބާރުވެރިކަން އަތޮޅުތަކަށް ދެއްވާށެވެ. އަދި އަތޮޅުތަކުގެ ރަށްތަކަށް އެ ޚިދުމަތްތައްމުހިންމުވާ ނިޞްބަތް ވަޒަންކުރުމާއި ހިސާބުކުރުމާއި ބިޑް އިވެލުއޭޓްކުރުން ފަދަ ކަންކަމުން މަރުކަޒީސަރުކާރު އެކަހެރިވެ އެޒިންމާ އަތޮޅުތަކާއި އަތޮޅުގެ އިންސްޓިޓިއުޝަންތަކާއި މަތި ކުރައްވާށެވެ

ދައުލަތަށް ލިބޭ ޓެކްސްގެ ތެރެއިން މާލޭގެ ސަރަޙައްދުން ނެގޭ ޓެކުހާއި ޚިދުމަތްތަކުގެ އަގުން މާލެއަށްކުރަންޖެހޭ ޚަރަދުތައް ނުކުރާށެކޭ ނުދަންނަވަމެވެ. ދަންނަވަން މިއުޅެނީ އިޤްތިޞާދެއްގެ މައިނާރުކަމުގައިވާ އެ އިޤްތިޞާދެއްގައި ހިމެނޭ ޤުދުރަތީ ވަޞީލަތާއި މަސައްކަތްތެރީންގެ ފައިދާ ލިބެންޖެހެނީހަމައެކަނި ވަކި ސަރަޙައްދަކަށް ނޫން ވާހަކައެވެ. އެކަމަކު މުޅި އިޤްތިޞާދީ ސަރަޙައްދުން ދައުލަތަށް ލިބޭނަފާ ހަމަހަމަ ކަމާއެކީ ބެހުމުގެ ކުރީގައި ހަމަވިސްނުމާއި އިންސާފުން ވިސްނަވާ، އިންސާނުންދިރިއުޅެންޖެހެނީ ވަކި ނަމެއްކިޔާ ވަކިތާކު ނޫންކަން ދެނެގަނެ ޒާތީ ތަޢައްސުބާއި ކުލަކުލައިގެ ތަފާތުތައްއެއްކިބާކޮށް ދައުލަތަކަށް އެ ދައުލަތް ތަމްސީލުކުރާ ރައްޔިތަކަށް ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ ކުރިން މި ދެންނެވި ތެލުގެ މުއްސަނދިކަން ލިބިފައިވާ އިސްލާމީ ޤައުމުތަކުގެ ތަޖުރިބާއަޅުގަނޑުމެން ކުރަން ނުޖެހި އުފާ ފާގަތިކަމާއެކު ދިރިހުރެ ދިރިއުޅެވޭން އޮތް ހަމައެކަނި މަގެވެ. ދަންނަވަންމިއުޅެނީ، ސާފު ބޯފެނުގެ ނިޒާމު ޤާއިމްކުރުމާއި، ސަރަޙައްދީ ހޮސްޕިޓަލްތަކަށް ފެންވަރު ރަގަޅުމުވައްޒަފުންނާއި ސާމާނު ފޯރުކޮށް ދިނުންފަދަ ކަންކަމުގެ މުހިންމުކަން އަންދާޒާކުރަންޖެހޭނީ މަރުކަޒީސަރުކާރަކުން ނޫންކަމެވެ

ރެއެއް ދުވާލެއް ނުބަލާ މާލޭގައި އުޅޭ ނިކަމެތީންގެ ބޮލުގައި މުޅި އަހަރު ދުވަހުގެ ތެރޭގައި އެނބުރެމުން އެދާވޭނީ ކެކުޅުމަކީ ބަނޑުފުރާނަ މުއްތިކުރަން ރެފިއުޖީން ވިސްނާހެން ކުލި ދެއްކުމަށް ވިސްނާވިސްނުންތަކާއި ކުރަމުންދާ މޮޅެތި ތަދުބީރުތަކެވެ. މިކަމުގެ ނަތީޖާއަކީ މި ޤައުމުގެ ސިއްޚީ އިދާރާތަކާއިކަމާއިބެހޭ މުޢައްސަސާތަކުން ނުބެލިޔަސް ހިސާބު ނުކުރިޔަސް ނަފްސާނީ ދުޅަހެޔޮކަން މިދެންނެވި ފަރާތްތަކުގެ ކިބައިން ކުޑަވެގެން ދިއުމެވެ. މިމީހުން މިޙާލަތަށް ދިޔައީ އަމިއްލަ އިޚްތިޔާރުގައޭ ވިދާޅުވާބޭފުޅަކަށް އަޅުގަޑު ދޭން ބޭނުންވާ ރައްދެއްވެސް އެބަ އޮތެވެ. ރެޔާއިދުވާލު މަސައްކަތެއް ނުކޮށް މީހުންފެލައިގެން ނުހައްޤުން ހޯދާ އަދި ލިބިގަންނަ ފައިސާ ކާ ބަޔަކު އުޅޭފަދައިން، އަމިއްލައަށް މަސައްކަތް ކޮށްޙަލާލު ފައިސާއިން އަނބި ދަރިންނަށް ކާންދީ މީސްމީހުންނަށް ދައްކަންޖެހޭ ފައިސާއަކާއި ކުއްޔެއް މިދެންނެވި ޙަލާލު ފައިސާއިން ދީއުޅޭ މީހުން، ނަހަމަގޮތުގައި ފައިސާ ހޯދާ ލިބިގަންނަ މީހުންނަށްވުރެގިނައެވެ

މި ރާއްޖޭގައި އާދައިގެ ރައްޔިތު މީހާގެ ރައްކާތެރިކަން އަންނަނީ އެންމެ %1 މީހުންގެ ރައްކާތެރިކަންޔަޤީން ކުރުމަށްފަހުގައެވެ. އަސާސީ ޚިދުމަތަކަށްވިޔަސް އެންމެ ފުރަތަމަ އެ ޚިދުމަތް މި ދެންނެވި 1 ޕަސެންޓަށެވެ. އެބައިމީހުން ހިތްހަމަޖެހޭވަރަށް އެބައިމީހުން ކިޔާ އަސާސީ ޚިދުމަތް މާލޭގައި ޤާއިމްކޮށްނިމޭއިރު 3000 މީހުންގެ އާބާދީއެއް އޮންނަ 5 ވަރަކަށް ރަށަށް އެ ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭޚަރަދާއި އެއްވަރެއްގެ ޚަރަދެއް އޮންނަނީ ކުރެވިފައެވެ. މިއަށް ތަރައްޤީއޭ ނުކިޔުއްވާށެވެ. އަނެއް %99 މީހުންނަކީވެސް ތިބާއާއި އަހަރެންވެސް އުފަންވިފަދައިން އުފަންވެ ދިރިތިބީތީ މިއަދާއި ހަމައަށްވެސްފެންނަން ތިބި އިންސާނުންނެވެ. އެ މީހުންގެ އަސާސީ ބޭނުމެއް ނުއޮވެ ނުވަތަ ފުރިހަމަ ނުވެ ތިބާގެ ވަކިކޮން އަސާސީ ބޭނުމެއް ހެއްޔެވެ؟ ފާއިތުވެދިޔަ ވިހި ފަންސަވީހަކަށް އަހަރުތެރޭގައި އަހަރަކު ހައެއްކަރަށުގައި މި ވަޞީލަތްތައް ޤާއިމްކުރަން ޚަރަދު ކުރިނަމަހީ 3000 އިން ދަށުގެ އާބާދީތަކެއް ހުރި ހުރިހާރަށަކަށް އެ ޚިދުމަތްތައް މިއަދަށް ވާނީ ކަށަވަރު ކުރެވި ނިމިފައެވެ

މި ދެންނެވި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަކީ އަގު ނަގާ އުސޫލުން ޚިދުމަތްތައްފޯރުކޮށްދިނުމަށް ހަދާ ތަންތަން ކަމަށްވާތީ، އެ ތަންތަނަކީ ފަރުދީ ފުދުންތެރިކަންވެސް އިތުރުވާންމެދުވެރިވާނެ ވަޞީލަތްތަކެވެ. މިފަދަ ތަންތަނަށް ނެގޭ މުވައްޒަފުންގެ މުސާރައާއި ތަން ހިންގުމުގެ ޚަރަދުކަނޑާފައިވެސް ފައިދާ ނެރެވޭނެކަމުގެ އަލިގަދަ ހެތްކެއްގެ ގޮތުގައި މީގެ އަށެއްކަ އަހަރު ކުރީގައި ރަށްތަކުގައިހިންގި ރައްޔިތުންގެ އިންޖީނުގެތައް ފުދެއެވެ. ފަހަރުގައި ހުރިހާ ޚިދުމަތެއް މިދެންނެވިހެން ނުހުރެދާނެއެވެ. އެކަމަކުވެސް 2000 މީހުންގެ އާބާދީއެއް އޮންނަ ތަނެއްގައި އަގުނެގޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީގެންދެކޮޅު ނުޖެހޭނެކަމަށް ބުނުމަކީ ކަމުގެ ދެކޮޅު ހޯދާބަލާ އެކަކުވެސް ގަބޫލުކުރާނެ ވާހަކައެއް ނޫނެވެ. ފެނާކަރަންޓާ ނަރުދަމާގެ ޚިދުމަތްތައް އަގުނަގާ އުސޫލުން ފޯރުކޮށްގެން އޭގެން އެ ރަށަކަށް ނަފާވުމުގެ އިތުރުންދުރު މުސްތަގުބަލެއްގައި ދައުލަތަށްވެސް ވާނީ ފައިދާއެވެ

ޚަރީފު މޫސުން އައުމުން ޖަނަވާރާއި ދޫނި ސޫފާ ސޫފިވެސް ފެންފޮދެއް ލިބެން ހުރިއްޔާ ހުރި ތާކަށްހިޖުރަކުރެއެވެ. އިންސާނުންވެސް ދިރިއުޅެން ފަސޭހަ، ވަޞީލަތްތައް ޤާއިމްކުރެވިފައިވާ ތަންތަނަށް ދަނީކީކޮންމެހެން އެ ތަންތާކު ރީތި ޕާކުތަކާއި ކުލަބޮކިތައް ހުންނާތީކީ ނޫނެވެ. ނަމަވެސް މި ދެންނެވިހާވަސީލަތްތައްވެސް ބަހާލުމެއް ބަލާލުމެއް ނެތި ޖެހުނުތާކު ޖެހުނުގޮތަކަށް ޤާއިމްކުރުމަކުންވެސް ތަރައްޤީއެއްނުވެއެވެ. އެ ކުރެވެނީ އިންތިހާ ދަރަޖައިގެ އިސްރާފެވެ. ތަފާތުކުރުންތަކުން ތިޔަ ދައްކުވައިދެނީ ނަސްލީއިމްތިޔާޒެވެ. ޓެކްސް ދައްކަންވީމަ އެއެއްވެސް ނޯވެއެވެ. އެންމެން ހަމަހަމަ ކަމަށް ތިޔަ ކުރައްވާދަޢުވާގައިވެސް އެހެންވެއްޖެއްޔާ ބުރަދަނެއް އެބަހުރިތާއެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!