ޚަބަރު
ކަރަންކާ ފުޓްސަލް ފިއެސްޓަރގެ ޗެމްޕިިއަންކަން ލައިކަންސް އެފްސީ އަށް

ގދ ފިޔޯރީގައި އިއްޔެ ކުޅުނު ކަރަންކާ ފުޓްސަލް ފިއެސްޓަރގެ ފައިނަލް މެޗުގައި ތަރިވިލާ އެފްސީ އާއި ވާދަކޮށް ލައިކަންސް އެފްސީ 7 ލަޑު 3 ލަޑުން މެޗް ކާމިޔާބުކޮށް ޗެމްޕިިއަންކަން ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ލަޑު މެޗު ފެށިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކާމިޔާބު ކޮށްފައިވަނީ ވެސް ލައިކަންސް އެފްސީ އިންނެވެ. މިލަޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ޖާޒީ ނަންބަރ 7 މުހަންނަދު ނަޒުމީ އެވެ. ލައިކަންސްގެ ކޮންމެ ކުޅުންތެރިޔަކުވެސް ގޯލެއް ކާމިޔާބު ކުރި މި މެޗުގައި އެޓީމުގެ އަހުޒަން އަދި ހުސައިން ވަނީ ކޮންމެ ކުޅުންތެރިއަކުވެސް 2 ލަޑު ކާމިޔާބު ކޮށްދީފައެވެ. މެޗުގައި ތަރިވިލާ އެފްސީ ގެ ހުރިހާ ލަޑެއްވެސް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ޖާޒީ ނަންބަރ 11 އަޙުމަދު ޝަނޫން އެވެ.

މެޗު ނިމުމުން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މެޗުގެ ރެފްރީންނާއި ސްޕޮންސަރުންނަށް އެބޭފުޅުންގެ އަގު ވަޒަންކުރުމުގެ ފިލާ ކަރަންކާ ސްޕޯޓްސް ކުލަބުން ވަނީ ހަވާލު ކޮށްފައެވެ. އޭގެ ފަހުގައި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ހަދާނީ ފިލަޔާއި ފައިސާގެ އިނާމް ޙަވާލު ކުރެވުނެވެ.

މިމުބާރާތުގައި ހޮވާލެވުނު ކަރަންކާ ސްޕޯޓްކުލަބުން ހޮވާ އަހަރުގެ ފުޓްސަލް ކިންގްގެ މަގާމަށް ހޮވިފައިވަނީ ލައިކަންސް އެފެސީ ގެ ޖާޒީ ނަންބަރ 10 އަހުޒަން ޒާހިރުއެވެ.

މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރއަޕް ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދެވެ.

Comment