ގޮތް ނޭނގޭ އެއްޗެއް ފެނިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މާލޭގެ ގްރީން ޒޯނެއް ކަމުގައިވާ އިއްޒުއްދީން ފާލަން ކައިރިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިންނާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެ ސަރަޙައްދުގައި ފުލުހުންނާއި ސިފައިން ރޭގެ ވަގުތެއްގައި ހަރަކާތްތެރިވި ކަމަށާއި، އެހެން ނަމަވެސް މިހާރު އެ ސަރަޙައްދު ވަނީ ހުޅުވައިފައި ކަމަށެވެ.
މި ކަމާއި ގުޅޭ އިތުރު ތަފްސީލެއްް އެއްވެސް ފަރާތަކުން ހާމަ ކޮށްފައި ނުވެއެވެ.